ހުޅުމާލެ ފޭސް ދޭއްގައި މި އެކްސިޑެންޓް ހިނގީ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހިގެންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި އެކްސިޑެންޓްގައި އަނިޔާވެ ފަރުވާދެމުން ދިޔައީ ސައިކަލްގައި އިން ދެމީހުންކަމަށާއި އެއީ އުމުރުން 62 އަހަރުގެ މީހަކާއި 24 އަހަރުގެ ޒުވާނެއްކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ. 62 އަހަރުގެ މުހައްމަދު އަފީފަށް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ ރޭގެ ވަގުތެއްގައެވެ. އޭނާ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
މި އެކްސިޑެންޓްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި އަފީފަކީ ދިވެހި މުދައްރިސެކެވެ.
މީ ހުޅުމާލޭގައި މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެކްސިޑެންޓްވެ ފަރުވަ ދެމުން ދަނިކޮށް ނިޔާވި ދެ ވަނަ މީހާ އެވެ މީގެކުރިން ވަނީ ހުޅުމާލޭ ވިނަރެސް ފްލެޓްތައް ކައިރީ ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި 9 އަހަރުގެ ކުއްޖަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;