މި ރޯގާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، ކޮންމެ ދުވަހަކުވެސް ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ފަރުވާދޭންޖެހޭ ކުދިންގެ އަދަދު އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ. ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ، ކަމާބެހޭ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށާއި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ބަންގްލަދޭޝްގެ ސިއްހީ އިދާރާތަކުން މިހާރު ވަނީ ކުއްލި ނުރައްކަލުގެ ކެމްޕޭނެއް ފަށާފައެވެ. މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ ހަލުވިކަމާއެކު ފެތުރެމުންދާ މި ރޯގާ ކޮންޓްރޯލްކޮށް، އިތުރު ކުދިންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމެވެ.
ސިއްހީ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މި ރޯގާއާ ދެކޮޅަށް ފަށާފައިވާ ކުއްލި ކެމްޕޭނުގެ ދަށުން ބަލި ފެތުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އަދި ހޮސްޕިޓަލްތަކުގައި އެނދުމަތިކުރެވޭ ކުދިންގެ އަދަދު އިތުރުވަމުންދާތީ، އެ ކުދިންނަށް ބޭނުންވާ ފަރުވާ އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ސިއްހީ އިދާރާތަކުން ދަނީ ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;