ads
ގާތަކުގެ ތެރެއަށް ވެއްޓުނު މީހާ ނަގަން ސިފައިން މަސައްކަތް ކުރަނީ
ގާތަކުގެ ތެރޭ އޮތީ 50 އަހަރުގެ މީހެއް، ވެެއްޓިފައި އޮތީ ބޯކޮޅު ވަތަށް!
މިއަދު ހަވީރު ބަޖިޔާގާތަކާއި ހިލަތަކުގެ ތެރެއަށް ވެއްޓިފައި އޮތް މީހާ އޮތީ ބޯކޮޅު ވަތަށް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
Advertisement
މާލޭ އުސްފަސްގަނޑާ ދިމާލު ތޮށިމަތީ ޖަހާފައި ހުންނަ ބަޖިޔާގާތަކާއި ހިލަތަކުގެ ދެމެދަށް ވެއްޓިފައި އޮތީ 50 އަހަރުގެ ދިވެހި ފިރިހެނެވެ. 

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ ހަވީރު 17:24 ހާއިރުކަމަށެވެ. އެ މައުލޫމާތު ލިބުމާއި އެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ ފިރިހެން މީހާ ސަލާމަތްކުރުމުގެ މަސައްކަތްކޮށްފައިކަމަށް އެމްއެންޑީއެފުން ބުނެ އެވެ.  

ބަޖިޔާގާތަކާއި ހިލަތަކަތަކުގެ ދެމެދު ހެދިފައި އޮތް ހުސްޖާގެއެއްގެ ތެރެއަށް އެމީހާ ވެއްޓިފައި އޮތީ ބޯކޮޅުވަތަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ވެއްޓުނު މި މީހާ ސަލާމަތްކުރުމަގައި އެމީހާ އެތަނުން ނެގީ މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ ރެސްކިޔު ޓޫލްސް ބޭނުންކޮށް، ހިލަތަށް ދުރަށް ޖެއްސުމަށްފަހުކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 
 
މި މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް މިހާރު ގެންގޮސްފައިވާ އިރު، އޭނާގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 
83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް