ads
ހިޔާ ޓަވަރުތައް
ހިޔާ ޓަވަރު ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގި މީހުން އަތުލައިގެންފި
ހިޔާ ޓަވަރު ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގި މީހުން އަތުލައިގެންފި އެވެ.
Advertisement

ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގި ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. 

ފުލުހުން ބުނީ 2026 އޯގަސްޓް 27 ވަނަ ދުވަހުގެ ވަގުތެއްގައި ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ. އެއީ 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނެއްކަމަށް ފުލުހުން ބުނެއެވެ. 

މި ދެމީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މިއަދު ކަމަށް ފުލުހުން ބުނެ އެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ކޯޓުން މުއްދަތު ޖަހާދީފައިވާކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް