ads
ގުރުއާން ހިތުދަސްކުރި ހާފިޒުން
ރައީސް ސްކޮލާޝިޕް، ނިންމާފައި ހިދުމަތް ކުރަން ޖެހޭނެ، ނޫނީ ދައުލަތުން ކުރި ހަރަދު އަނބުރާ ދޭންޖެހޭ
ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުން، 1 ވަނަ އަށް އަންނަ ފަރާތްތަކަށް ރައީސް ދޭ ހާއްސަ ސްކޮލާޝިޕުގައި ލިބޭ ދަރިވަރުން ކިޔަވާ ނިންމާފައި ސަރުކާރަށް ހިދުމަތް ކުރަންޖެހޭނެކަމަށާއި އެހެން ނޫނީ ދައުލަތުން ދެއްކި ފައިސާ އަނބުރާ ދޭންޖެހޭނެކަމަށް ކަނޑައަޅާ އުސޫލު އާއްމުކޮށްފި އެވެ.
Advertisement

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އުސޫލުގައި ވަނީ ރައީސްގެ ސްކޮލާޝިޕް ފުރުސަތު ލިބޭނީ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މުޅި މުބާރާތުން ހާފިޒުންގެ ބައިން 1 ވަނަ ހާސިލުކުރާ ދިވެހި ރައްޔިތަކަށް ނުވަތަ ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން 1 ވަނަ ހާސިލުކުރާ ދިވެހި ރައްޔިތަކަށް ނޫނީ ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ބައިން 1 ވަނަ ހާސިލުކުރާ ދިވެހި ރައްޔިތަކަށްކަމަށެވެ.

މުބާރާތުގެ އެއްބަޔަށް ވުރެ ގިނަ ބައިން މުޅި މުބާރާތުން 1 ވަނައަށް ހޮވިގެން ނުވަތަ މުޅި މުބާރާތުން އެކިފަހަރުމަތިން އެކި އަހަރު އެއް ފަރާތެއް ތަކުރާރުކޮށް 1 ވަނައަށް ހޮވިއްޖެ ހިނދެއްގައި އެ ފަރާތަކަށް ސްކޮލާޝިޕް ދޭނީ އެއް ފަހަރުކަމަށްވެސް އުސޫލުގައިވެ އެވެ.

ބޭނުން ގައުމަކުން ބޭނުން ފެންވަރަށް ކިޔެވޭނެ

ސްކޮލާޝިޕްގެ ދަށުން ފުރުސަތު ދޭނ،ީ ފުރަތަމަ ޑިގްރީއާއ،ި މާސްޓާސް ޑިގްރީއާއ،ި ޕީއެޗްޑީ ލެވެލްގެ ޕުރޮގުރާމުތައް ފުލްޓައިމްކޮށް ކިޔެވުމަށްކަމަށް އުސޫލުގައި ވެއެވެ. އޭގެތެރެއިން އެއްވެސް ލެވެލްއެއް ހާސިލުކޮށްފައިވާ ނަމަ އެ ފަރާތަށް ސްކޮލާޝިޕުގެ ފުރުސަތު ލިބޭނީ ހާސިލުކޮށްފައިވާ ސަނަދަށް ވުރެ މަތީ ސަނަދެއް ހާސިލުކުރުމަށްކަމަށްވެސް މި އުސޫލުގައި ވެއެވެ.

މި ސްކޮލާޝިޕުގެ ދަށުން ކިޔެވުމުގެ ފުރުސަތު ދެވޭނ،ީ ދިވެހިރާއްޖޭގައި ހުރެގެން ކިޔެވުމަށާއ،ި ރާއްޖެއާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުގެ ތެރެއިނ،ް ދަރިވަރުން ކިޔަވަން ތިބުމަށް ރައްކައުތެރިކަމަށް ކަނޑައެޅިފައިވާ ޤައުމުތަކުގައ،ި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި ކިޔެވުމަށްކަމަށް މި އުސޫލުގައި ވެއެވެ.

މި އުސޫލުގައި ބަޔާންކޮށްފައިވާ ލެވެލްތަކުގެ ތެރެއިން ކޮންމެ ލެވެލްއެއްގައި ކިޔެވުމަށްވެސް ފައިސާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި 

  • ދަތުރުގެ ހަރަދު
  • ކޯހުގެ ރެޖިސްޓްރޭޝަން ފީ
  • ޓިއުޝަން ފީ
  • ސްޓޫޑެންޓް ވީޒާ ފީގެ ހަރަދު
  • ހެލްތު އިންޝުއަރެންސް
  • އެސްޓަބްލިޝްމަންޓް އެލަވަންސް
  • ސްޓައިޕެންޑް
  • ބުކް އެލަވަންސް
  • އިންޓާންޝިޕުގެ ހަރަދު
  • ޑިޕާޗާ އެލަވަންސް
  • އިންކްލޫސިވިޓީ އެލަވަންސް 
  • ޕީއެޗްޑީއަށް ކިޔަވާ ދަރިވަރުންގެ އިތުރު އެލަވަންސް 

ކިޔަވާ ނިންމުމަށްފަހު ހިދުމަތް ކުރަންޖެހޭ، ނޫނީ ފައިސާ އަންބުރާ ދައުލަތަށް ދައްކަންޖެހޭ 

މިނިސްޓްރީގެ އުސޫލުގައިވާ ގޮތުން ސްކޮލާޝިޕް ލިބިގެން ކިޔަވާ ދަރިވަރުން ކިޔާވާ ނިންމުމަށްފަހު ސަރުކާރަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދިވެހިރާއްޖެއަށް ހިދުމަތް ކުރަން ޖެހެ އެވެ. 

  • ރާއްޖެއިން ބޭރުގައި ކިޔެވިނަމަ /  އެ ކޯހުގެ މުއްދަތަކީ 4 އަހަރުދުވަސް ނުވަތަ 2 އަހަރުދުވަހާއި 4 އަހަރުދުވަހާ ދެމެދުގެ މުއްދަތެއް ނަމަ 5 އަހަރުދުވަހުގެ މުއްދަތަށް ހިދުމަތްކުރުން؛ 
  • ރާއްޖެއިން ބޭރުގައި ކިޔެވިނަމަ / އެ ކޯހުގެ މުއްދަތަކީ 4  އަހަރުދުވަހަށް ވުރެ ދިގު މުއްދަތެއް ނަމ،ަ އަހަރުދުވަހުގެ މުއްދަތަށް ހިދުމަތްކުރުން؛
  • ރާއްޖޭގައި ކިޔެވިނަމަ ނަމަ / އެ ކޯހުގެ މުއްދަތަކީ 18 މަސްދުވަހަށް ވުރެ ދިގު މުއްދަތެއް ނަމ،ަ 4 އަހަރުދުވަހުގެ މުއްދަތަށް ހިދުމަތްކުރުން؛ 

އުސޫލުގައިވާ ގޮތުން ކޯހުގެ މުއްދަތު ގުނުމުގައ،ި ކޯހުގެ ބައެއްގެ ގޮތުގައި ހަރަދު ދީގެން ބައިވެރިވާ އިންޓާންޝިޕުގެ މުއްދަތުވެސް ހިމެނޭކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް