ads
ހޯސޭ މޮރީނިއޯ
ބިރުން ތިބެ ބޯޅަ ކުޅޭނެ ކަމެއް ނެތް، ގޭގަ ތިބެ ޓީވީ ބަލާ: މޮރީނިއޯ
ބިރު ގަންނަންޏާ ބޯޅަ ކުޅޭނެ ކަމެއް ނެތްކަމަށާއި، ގޭގައި ތިބެ ޓީވީން ބުންޑަސް ލީގާ ބެލިއްޔާ މާ ރަނގަޅުވާނެ ކަމަށް ބުނެ، ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ޕްރިމިއާ ލީގުގެ ބައެއް ކޯޗުންނަށް ފާޑު ކިޔައިފިއެވެ.

މެދު ކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު އަލުން ފެށުމުގެ މަޝްވަރާތައް ކުރިއަށްދާއިރު، ބައެއް ކޯޗުންވަނީ ލީގް ކެންސަލް ކުރުމަށް ބާރު އަޅައި ވާހަކަ ދައްކާފައެވެ. މޮރީނިއޯއަކީ ލީގު އަލުން ފެށުން ލަސްވެގެން، އަވަހަށް ފެށުމަށް ވަކާލާތު ކުރަމުން އަންނަ ކޯޗެކެވެ. ލީގު އަލުން ފެށުމާއި ގުޅޭ ގޮތުން ކުރިއަށް ދިޔަ މަޝްވަރާތަކުގެ ވީޑިއޯ ކޮންފަރެންސް ކޯލެއްގައި މޮރީނިއޯވަނީ މިރޭ ފެށުމަށް ތައްޔާރުވެފައިވާ ޖަރުމަން ލީގު ބެލުން ރަނގަޅުކަމަށް ބުނެ އެހެން ކޯޗުންނަށް ފާޑު ކިޔާފައެވެ.

"އަހަރެން ބޭނުން ވީހާވެސް އަވަހަށް ޕްރިމިއާ ލީގު އަލުން ފަށަން. ޔޫރަޕުގެ އެހެން ގައުމުތަކުންވެސް އެ އަންނަނީ ލީގު އަލުން ފެށުމަށް ތައްޔާރުވަމުން. ބިރު ގަންނަންޏާ ބޯޅަ ކުޅޭނެ ކަމެއް ނެތް. ގޭގައި ތިބެ ޓީވީން ބުންޑަސްލީގާ ބެލިއްޔާ މާ ރަނގަޅުވާނެ"

މި ސީޒަންގައި ޓޮޓެންހަމްއާއި ހަވާލުވި މޮރީނިއޯ ވަނީ ކޯޗިން ކެރިއަރުގައި މިހާތަނަށް ފަންސަވީސް ތަށި ހޯދާފައެވެ. އޭނާވަނީ ކުރިން މެންޗެސްޓާ ޔުނައިޓޭޑް، ޗެލްސީ އަދި ރިއާލް މެޑްރިޑްގެ އިތުރުން އިންޓަމިލާނާއި ޕޯޓޯއާއި ބެންފީކާއަށްވެސް ކޯޗު ކޮށްދީފައެވެ. މެދު މެދު ކަނޑާލާފައިވާ ޕްރިމިއާ ލީގު އަލުން ފެށުމުގެ މަޝްވަރާތައް ކުރިއަށްދާއިރު، ލީގު އަލުން ފެށޭނެ ތާރީހަކާއި ހިސާބަށް މަޝްވަރާތައް އަދި ނުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް