މި ހާދިސާގައި މަރުވެފައިވަނީ ބ. ކުޑަރިކިލު ރޮކެޓް އާއިޝަތު އާތިފާ، 39 އަހަރު އެވެ.
ފުލުހުން ބުނީ އެމީހާ ނިޔާވީ އެ ހާދިސާއަށްފަހު ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
ފުލުހުން ބުނީ އެމީހާއަށް ނޭވާލާން އުނދަގޫވީ ފުލިދޫގައި ހުންނަ ފުލުހުންގެ މަރުކަޒާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދުރަސާގެ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައި ކަމަށެވެ.
އޭނާގެ މާލެ ގެނެސް އައިޖީއެމްއެޗްގައި މެޑިކަލް އެގްޒެމިނޭޝަންތަކެއް ހަދާފއިވާކަމަށް ފުލުހުން ބުނެ އެވެ. އަދި އެނާގެ ޖަނާޒާ ބާއްވާފައިވަނީ ރޭ ފަތިސް ނަމާދަށްފަހު އާ ސަހަރާ މިސްކިތުގައިކަމަށް ފުލުހުން ބުނެ އެވެ.