ads
ޓެކްސްގެ ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރަން 3 ނަމެއް މަޖިލީހަށް
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތިން ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
Advertisement

މަޖިލީހަށް ފޮނުއްވި ނަންތައް:

  • 1. އަލްފާޟިލް އަޙްމަދު ޝަފްނީޒް، ބަގީޗާގެ / ސ. ހުޅުދޫ
  • 2. އަލްފާޟިލް އަޙްމަދު މައުސޫމް، ވ. މިޔަރެސް
  • 3. އަލްފާޟިލާ މަރިޔަމް ޖައިދާ، ކަނދުގަސްދޮށުގެ / ކ. ދިއްފުށި

ރައީސްގެ ސިޓީފުޅުގައި ވަނީ މި ނަންފުޅުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތީން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރާނެ ބޭފުޅެއްގެ ނަން ފާސްކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. މި ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން ޢާއްމު ވަނީ އިއްވަވާދެއްވާފަ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް