ޖަލު ބަންދުގައި ހުންނަތާ ހަ އަހަރުވެފައިވަނިކޮށް އޭނާ މިނިވަން ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެކަމާއި ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީޯ ޕެރޯލް ބޯޑުގެ ހުރިހާ މެމްބަރުން މަގާމުން ވަކިކޮށްފައިވާކަމަށެވެ. އެ ހުރިހާ މެމްބަރުން އެއްފަހަރާ ވަކިކުރީ އަބްދުﷲ އިބްރާހިމް ދޫކޮށްލީ ޤާނޫނާ ހިލާފަށް ކަމަށްވާތީ ކަމަށް އިހްސާން ވިދާޅުވި އެވެ.
ޕެރޯލް ބޯޑު އެކުލެވިގެންވަނީ އެކި މުއައްސަސާތަކުގެ ބޭފުޅުން ހިމެނޭ ގޮތަށް ނުވަ މެންބަރުންގެ މައްޗަށެވެ.