ads
އެމްވިޑިއާގެ ސީއީއޯގެ މަގާމުން މީގެ 10 ދުވަސް ކުރިން އިސްތިއުފާ ދެއްވި ޖެންސެން ހުއާންގް: އޭނާ މިއަދު ވަނީ އަލުން މަގާމަށް ގެނެސްފައި
އެންވީޑިއާގެ ސީއީއޯގެ މަގާމަށް ޖެންސެން ހުއާން އަލުން އައްޔަންކޮށްފި
އޭނާ މަގާމަށް ގެންނަން ނިންމީ ކުންފުނީގެ ބޯޑު އޮފް ޑިރެކްޓަރުންގެ އިއްތިފާގުން
ދުނިޔޭގެ އެންމެ ބޮޑު ޗިޕް އުފައްދާ އެއް ކުންފުނި ކަމަށްވާ އެންވީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުން އިސްތިއުފާ ދެއްވިތާ ދެ ހަފްތާ ވެސް ނުވަނީސް، އެ ކުންފުނީގެ އެއް ބާނީ ކަމަށްވާ ޖެންސެން ހުއާން އަލުން އެ މަގާމަށް އައްޔަންކޮށްފި އެވެ.
Advertisement

މި ނިންމުން އިއުލާން ކުރުމާ އެކު، ހިއްސާގެ ބާޒާރުގައި އެންވީޑިއާގެ ހިއްސާގެ އަގު ވަނީ 26 ޕަސެންޓަށް ވުރެ މައްޗަށް ޖެހިފަ އެވެ. 

ޖެންސެން ހުއާން އެންވީޑިއާގެ ސީއީއޯގެ މަގާމުން މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އިސްތިއުފާ ދެއްވީ، ޗައިނާއަށް ޖާސޫސުކޮށްދޭ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ޝައްކުކުރާ އަންހެނަކާ އޭނާއާ ދެމެދު ލޯބީގެ ގުޅުމެއް އޮތް މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

އެންވީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ އިއްތިފާގުން މިއަދު ނިންމި މި ނިންމުމާ އެކު، ކުންފުނީގެ ރައީސްކަމާއި، ސީއީއޯކަމުގެ އިތުރުން ބޯޑު މެންބަރުކަން ވަގުތުން އޭނާއަށް ވަނީ އަނބުރާ ދީފަ އެވެ.

މިއަދުގެ ނިންމުމާ ގުޅިގެން އެންވިޑިއާގެ ބޯޑުގެ ޗެއާމަން ހާވީ ސީ. ޖޯންސް ވިދާޅުވީ، އެންވިޑިއާ ހިންގުމަށް އެންމެ އެކަށީގެންވާ ފަރާތަކީ ހުއާންގް ކަމަށް ބޯޑުން ގަބޫލުކުރާ ކަމަށާއި އޭނާއާ މެދު އިތުބާރު އެބަ އޮތް ކަމަށެވެ.

މުހައްލިލުން ބުނާ ގޮތުގައި ހުއަންގް އަނބުރާ ގެނައުމަކީ ހަމައެކަނި އޭނާގެ ގާބިލުކަމަށް ބަލައިގެން ނިންމި ނިންމުމެއް ނޫނެވެ. މިއީ ހިއްސާގެ ބާޒާރަށް އައި ބޮޑު ވެއްޓުމާއި، އެމެރިކާގެ ސަރުކާރުން ދިން އެއްބާރުލުމުގެ ނަތީޖާ އެވެ. 

އާޓިފިޝަލް އިންޓެލިޖެންސް ޗިޕް މާކެޓުގެ 90 އިންސައްތަ ހިއްސާކުރާ އެންވީޑިއާގެ ކުރިމަގު ބިނާވެފައިވަނީ ހުއަންގްގެ ތަސައްވުރުގެ މައްޗަށް ކަމަށްވާއިރު، އޭނާ ނެތި އެމެރިކާގެ ޓެކްނޮލޮޖީގެ ވާދަވެރިކަން ދެމެހެއްޓުމަކީ ދަތި ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް