ads
އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) އިން ބާއްވާ "އޭޝިއާ-ޕެސިފިކް އެންޑް މިޑްލް އީސްޓްގެ 7 ވަނަ ރީޖަނަލް އޮޕަރޭޝަނަލް ސޭފްޓީ ކޮމިޓީ (އާރްއޯއެސްސީ)" ގެ ބައްދަލުވުމުގެ ބައިވެރިންނަށް މަރުހަބާ ކިޔުން - ފޮޓޯ: އެމްއޭސީއެލް
އޭސީއައި 7 ވަނަ އާރްއޯއެސްސީގެ މަންދޫބުންނަށް އެމްއޭސީއެލުން މަރުހަބާ ކިޔައިފި
އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) ގެ އޭޝިއާ-ޕެސިފިކް އެންޑް މިޑްލް އީސްޓް ރީޖަނަލް އޮޕަރޭޝަނަލް ސޭފްޓީ ކޮމިޓީ ބައްދަލުވުމުގެ ބައިވެރިންނަށް އެމްއޭސީއެލް އިން މަރުހަބާ ކިޔައިފި އެވެ.
Advertisement

މި ބައްދަލުވުމަކީ ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށް، ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބާއްވާ ބައްދަލުވުމެކެވެ.

ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ނޮވެންބަރު 23 އިން 25 އަށް ހިނގަމުންދާ މި ބައްދަލުވުމުގައި، އެ ކޮމިޓީ ތަމްސީލުކުރައްވާ 23 މެންބަރުންގެ އިތުރުން 7 އޮބްޒާވަރުން ބައިވެރިވެވަޑައިގަންނަވައެވެ. މި ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސް، މުޙައްމަދު މަންސޫރެވެ. އަދި މިރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަޠީފްގެ އިތުރުން ކުންފުނީގެ ސީނިއާ މެނޭޖްމަންޓް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްއޭސީއެލުން މިއަދު ބުނީ މި ބައްދަލުވުމަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނީ ފަރާތްތަކުން އެބޭފުޅުންގެ ތަޖުރިބާތައް ހިއްސާކޮށް، ދަތުރުފަތުރުގެ އޮޕަރޭޝަންތަކުގައި އަލަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ހޯދުމަށާއި ސަރަހައްދީ ފެންވަރުގައި ސަލާމަތީ ކަންކަން އެއް މިންގަނޑަކަށް ގެނައުމަށް މަގުފަހިކޮށްދޭ އަގުހުރި ފުރުސަތުތަކެއް ހުޅުވިގެންދާނެ ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުމުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ އެއާސައިޑްގެ ރައްކާތެރިކަމާއި ގްރައުންޑް ހޭންޑްލިން އޮޕަރޭޝަންތަކާއި ރަންވޭގެ ސަލާމަތީ ކަންކަމުގެ އިތުރުން، ވައިގެ ދަތުރުފަތުރަށް އަލަށް ތައާރަފު ކުރެވެމުންދާ ޒަމާނީ ޓެކްނޮލޮޖީތަކުގެ މައްޗަށް ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

މީގެ އިތުރުން، މި ޕްރޮގްރާމުގެ ބައިވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށް، އެތަނުގެ އޮޕަރޭޝަންތައް ކުރިއަށްގެންދާ ގޮތް ބަލާލުމަށް ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް