ads
ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުން ބިންމަތީގައި.---ފޮޓޯ: ޖީލު އޮންލައިން
ދުއްވީ ވަގަށް ނަގާފައިވާ ސައިކަލްތަކެއް، ދުއްވި މީހާ އެތައްފަހަރަކު ޖޫރިމަނާކޮށްފައި
ހުޅުމާލޭގައި ދެ ސައިކަލު ޖެހިގެން ރޭ ހިނގި އެކްސިޑެންޓެއްގައި ތިން މީހުން އަރަައިގެން ދުއްވި ސަައިކަލަކީ ވަގަށް ނަގާފައިވާ ސަައިކަލެެެއްކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުން ބުނީ އެކްސިޑެންޓްގައި އަނިޔާވި 5 މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މިހާރު އައިޖީއެމްއެޗަށް ބަދަލުކޮށްފައި ވާ ކަމަށެވެ. މި އެކްސިޑެންޓްގައި ޒަހަމްވި މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަން ވަނީ އެނގިފަ އެވެ. 

އެކްސިޑެންޓްވީ ތިން މީހުން އަރައިގެން ބާރު ދުވެލީގައި ގަވާއިދާ ހިލާފަށް ދުއްވި ސައިކަލެކެވެ. އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އެއްކޮލަށް ދުއްވާ މަގުތަކުން އިދިކޮޅަށް ވަދެގެން ގަވާއިދާ ހިލާފަށް ބާރު ދުވެލީގައި ދުއްވަމުން ދިޔަ ދެ ސައިކަލުގެ ފަހަތުން ފުލުހުންގެ ކާރެއް ދާން ފެށުމުން، ފުލުހުންނަށް އަތުނުވެ ފިލަން އުޅުމުގެ ތެރޭގަ އެވެ.  

ފުލުހުން ބުނީ ތިން މީހުން އަރައިގެން ދުއްވި ސައިކަލަކީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލެއްކަމަށެވެ. އަދި އެ ސައިކަލް ދުއްވަން އިން މީހަކީ ވެހިކަލް ދުއްވުމުގެ ލައިސަންސް ވެސް އޮތް މީހެއް ނޫންކަމަށްވެސް ފުލުހުން ބުނެ އެވެ. އަދި އެމީހާ ޓްރެފިކަާއި ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތަކުގެ އަދަދު އުޅެނީ ލައްކައިން މަތީގައި ކަން ވަނީ އެނގިފައެވެ. 

އެ ސައިކަލްގައި ތިބީ ދެ ފިރިހެނަކާއި އަންހެނެކެވެ. 

13%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް