ads
ހުޅުމާލޭ މަގުތަކުގައި ތާރުން ބަމްޕަރުތައް އަޅަނީ
އެކްސިޑެންޓް ގިނަވާތީ ހުޅުމާލޭގެ މަގުތަކުގައި އަލުން ބަންޕަރުތައް
އެކްސިޑެންޓް ގިނަވާތީ ހުޅުމާލޭގެ މަގުތަކުގައި އަލުން ބަންޕަރުތައް ހަރުކުރަން ފަށައިފި އެވެ.
Advertisement

މިފަޖަރު ބަމްޕަރުތައް ހަދަނީ ހުޅުމާލޭގެ އެކްސިޑެންޓުތައް ހިނގާ ހުރިހާ މަގުތަކުގައެވެ. އެގޮތުން އެ މަގުތަކުގައި ތާރު ބޭނުންކޮށްގެން، އަލުން ސްޕީޑް ބްރޭކަރު (ބަމްޕަރު) އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ވަނި ފަށާފަ އެވެ. 

މި ފަހަރު އެންމެ ފުރަތަމަ ބްރޭކަރު ހަރުކުރި ސަރަހައްދުތަކުގެ ތެރޭގައި ނިރޮޅުމަގުން ހައިވޭއަށް އަރަންދާ ފަޅީގެ ބްރޭކަރުތައް ހިމެނެ އެވެ.

ހުޅުމާލޭގައި އަލުން ސްޕީޑްބްރޭކަރު ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށާފައި މިވަނީ ކައިރިކައިރީގައި ގިނަ އެކްސިޑެންޓްތަކެއް ހިނގައި، ބައެްގެ ފުރާނަ ގެއްލި އަދި އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ވަގުތެއްގަ އެވެ. 

ރަބަރުން ހަދާފައިވާ ސްޕީޑްބްރޭކަރުތަކެއް ހުޅުމާލޭގެ މަގުތަކުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ހަރުކުރި އެވެ. އެހެންނަމަވެސް އެތައް ބައެއްގެ ޝަކުވާ ބޮޑުވެ އަވަށްތަކުގެ މީހުންނާއި އެކު ރައީސް ޑރ. މުއިއްޒު ބޭއްވެބި ބައްދަލުވުންތަކުގައި އެ ޝަކުވާތައް ހުށައެޅިތާ މާ ގިނަދުވަސްތަކެއް ނުވަނީސް ވަނީ ހުރހާ ބަމްޕަރު ތައް ނަގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް