ads
އެފް1 ގެ ލެންޑޯ ނޮރިސް އާއެކު ކަރީނާ
ލެންޑޯ ނޮރިސްއާ ބައްދަލުވުމުން ކަރީނާ ހަނދާންވީ ތާ ރާ ރަމް ޕަމް މަތިން
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ހާން، ފޯމިއުލާ ވަން (އެފް1) ގެ ދުނިޔޭގެ ޗެމްޕިއަން ލެންޑޯ ނޮރިސްއާ އެކު ސިންގަޕޫރު ގްރޭން ޕްރީގެ ތެރެއިން ބޭއްވި ހާއްސަ ބައްދަލުވުމެއްގައި، އޭނާގެ ފިރިމީހާ ސައިފް އަލީ ހާން ކުޅުނު ފިލްމު 'ތާ ރާ ރަމް ޕަމް' ގެ މަޖާ ހަނދާންތައް އާކޮށްފި އެވެ.
Advertisement

ގޫގަލް އިންޑިއާއިން އިންތިޒާމުކޮށްގެން ސޯޝަލް މީޑިއާގައި ހިއްސާކުރި މި ވީޑިއޯއާ އެކު، ބޮލީވުޑާއި ކާރު ރޭސިންގެ ދުނިޔެ ގުޅުވާލަދިން މި މަންޒަރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.

މި ބައްދަލުވުމަކީ މެކްލަރެން އެފް1 ޓީމާއި ގޫގަލް އެންޑްރޮއިޑް ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮމޯޝަނަލް ހަރަކާތެކެވެ. މި ހަރަކާތާ އެކު މެކްލަރެން ޓީމުން ވަނީ ކަރީނާއަށް މަރުހަބާ ކިޔައި، އޭނާއަކީ އެ ޓީމުގެ "ޕަޕާޔާ ފެމިލީ" ގެ އާ މެންބަރެއްގެ ގޮތުގައި ތައާރަފުކޮށްފައެވެ. މީގެ އިތުރުން ސިންގަޕޫރު ރޭސް ޓްރެކުގައި ކަރީނާ ނަގާފައިވާ ފޮޓޯތަކެއް ވެސް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ވަނީ ހިއްސާކޮށްފައެވެ.

މި މަޖާ އިންޓަވިއުގައި ކަރީނާ ވަނީ 2007 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު 'ތާ ރާ ރަމް ޕަމް' ގައި ސައިފް އަލީ ހާން އަދާކުރި ކާރު ރޭސަރުގެ ރޯލާ ގުޅުވައިގެން ވާހަކަ ދައްކާފައެވެ. އެ ފިލްމުގައި ސައިފް ކުޅެފައިވަނީ ރޭސިން ޗެމްޕިއަންޝިޕެއް ކާމިޔާބުކުރާ މޮޅު ޑްރައިވަރެއްގެ ބައެވެ. ކަރީނާ ވަނީ ލެންޑޯ ނޮރިސް ކައިރީގައި، އޭނާގެ ފިރިމީހާއަކީ މީގެ 19 އަހަރު ކުރިން ރޭސިން ޗެމްޕިއަންކަން ހޯދި މީހެއް ކަމަށް ބުނެ ސަމާސާކޮށްފައެވެ.

ސައިފްގެ އެ ރޯލާ ބެހޭ ގޮތުން ކަރީނާ ވާހަކަ ދެއްކުމުން، މެކްލަރެންގެ ޑްރައިވަރު ލެންޑޯ ނޮރިސް ވެސް ވަނީ އެ ސަމާސާގައި ބައިވެރިވެފައެވެ.

"އެހެންވީމާ، އަހަރެމެން ދެ މީހުންނަކީ ވެސް އެއްގޮތް ދެ މީހުން ދޯ،" ނޮރިސް މަޖާވެލާފައި ބުންޏެވެ. ކަރީނާ ވަނީ އޭނާގެ ވާހަކަތަކަށް ތާއީދުކޮށްފައެވެ.

މި ބައްދަލުވުމުގައި ހަމައެކަނި ރޭސިންގެ ވާހަކަތަކުގެ އިތުރުން، ކަރީނާ ވަނީ އިންޑިއާގެ އާދަކާދަތަކާއި ހަރަކާތްތައް ދަސްކޮށްދީފައެވެ. އަދި ކަރީނާގެ މަޝްހޫރު 'ޕައުޓް' ހަދާނެ ގޮތް ވެސް ނޮރިސްއަށް ދަސްކޮށްދީފައިވާއިރު، ފޭނުން ވަނީ މި ދެ ތަރިން އެކުގައި ފެނިގެންދިޔަ ގޮތް ވަރަށް ފުރިހަމަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތައުރީފުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް