ads
އެއާޕޯޓް އާ ޓާމިނަލް ކައިރިން ހޮވި 16030 ވުރެ ގިނަ ރުފިޔާގެ ވެރިޔަކު ހޯދަނީ
ވެލާނާ އެއާޕޯޓް އާ ޓާމިނަލް ކައިރިން ހޮވި ގިނަ އަދަދެއްގެ ރުފިޔާގެ ވެރިޔަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް ކައިރިން 16030 ރުފިޔާ ހޮވާ އެ އިދާރާއާ ހަވާލުކޮށްފައި ވާކަމަށެވެ. މިތަކެތި ހޮވާފައިވަނީ މިދިޔަ އަންގާރަ ދުވަހުކަމަށް ފުލުހުން ބުނެ އެވެ. އަދި މިތަކެތި ފެނުނީ ވެލާނާ އިންޓަނޭޝަނަލް ޓާމިނަލް 2، ޕިއްޒާ ކޮމްޕެނީ ކައިރިންކަމަށްވެސް ފުލުހުން ބުނެ އެވެ. 

މި މައްސަލައަށް ފުލުހުން ދީފައިވާ އިންސިޑެންޓް ނަންބަރަކީ 705760 އެވެ. އެހެންކަމުން މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅައިގެން އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިހަށް ހާޒިރުވެ ތަކެއްޗާ ހަވާލުވާލުވުމަށް ފުލުހުން އެދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް