ads
އަނުޝްކާ އާއި ވިރާޓް--
އަނބިމީހާއާއެކު ވިރާޓް ކްރިކެޓް ކުޅެނީ
އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން، ވިރާޓް ކޯލީ އޭނާގެ އަނބިމީހާ އަދި ބަތަލާ އަނުޝްކާ ޝަރަމްއާއެކު ކްރިކެޓް ކުޅޭ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ބޮލީވުޑުގެ މަޝްހޫރު ބަތަލާ އަނުޝްކާ އާއި ވިރާޓްއަކީ ބޮލީވުޑުގެ އެންމެ ލޯބި އެއް ޖޯޑެވެ. 2017 ވަނަ އަހަރު އިޓަލީގައި ދެމީހުން ކައިވެނި ކުރިއިރު އެމީހުންގެ ކައިވެނީގެ ފޮޓޯތަކަށް ވެސް ބޮޑު ސަމާލުކަމެއް ލިބުނެވެ.

އިއްޔެ އާންމުވި އެ ވީޑިއޯގައި ފެނިގެންދަނީ ވިރާޓް އާއި އަނުޝްކާ އެކުގައި ކްރިކެޓް ކުޅޭ މަންޒަރެވެ. އެމީހުންގެ ގޭގައި އޮތް ބޮޑު ހުސް ޖާގައެއްގައި ދެމީހުން އެކަނި ކްރިކެޓް ކުޅެން ތިއްބާ ނަގާފައިވާ އެ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. 

ވިރާޓްއަކީ އިންޑިއާގައި މިވަގުތު ހުރި އެންމެ މަޝްހޫރު ޒުވާން ކުރިކެޓް ކުޅުންތެރިޔާ އެވެ. ކޮވިޑް-19 އާ ގުޅިގެން މުޅި އިންޑިއާ ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި ކުޅިވަރުތައް ވެސް އޮތީ ހުއްޓިފަ އެވެ. އަދި ފިލްމީ ދާއިރާގެ މަަސައްކަތްތައް ވެސް ހުއްޓިފަ އެވެ. 

އެހެންވެ ވިރާޓް އާއި އަނުޝްކާއަށް އެކުގައި ވަގުތު ހޭދަކުރަން ލިބިފައިވާއިރު ލޮކްޑައުނުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އެމީހުންގެ އާއިލާއާއެކު ވަގުތު ހޭދަކުރަން ފުރުސަތު ލިބިފަ އެވެ. އަހަރުގެ ތެރޭގައި އެންމެ ބުރަކޮށް އާއިލާއާ ދުރުގައި އުޅޭ ތަރިންނަށް ވެސް ލޮކްޑައުންއާއެކު އާއިލާއާއެކު ވަގުތު ހޭދަކުރަން ވަނީ ފުރުސަތު ލިބިފަ އެވެ.

ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިގެންދިޔަ އަނުޝްކާ އެންމެ ފަހުން ފެނިގެންދިޔައީ ޝާހްރުކް ހާނާއެކު "ޒީރޯ" އިންނެވެ. އެކަމަކު ވަރަށް ފަހުން އަނުޝްކާ ވަނީ "ޕާޓަލް ލޮކް" ގެ ނަމުގައި ސީރީޒްއެއް ޕްރޮޑިއުސްކޮށްފަ އެވެ. އެމެޒަން ޕްރައިމުން ސްޓްެރީމް ކުރާ މި ސީރީޒް މިހާރު ދައްކަން ފަށާފައިވާއިރު އަދި އެ ސީރީޒްއަށް ލިބެމުންދާ ތަރުހީބު ރަނގަޅެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް