ads
ކަރަން ޖޯހަރު އޭނާގެ ދެ ދަރިންނާއެކު--
ކަރަން ޖޯހަރުގެ ދަރިފުޅު ޔަޝްގެ މަޖާ ވީޑިއޯއެއް!
ކޮވިޑް-19 ފެތުރެމުންދާތީ މުޅި އިންޑިއާ އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. އަހަރެއްގެ ތެރޭގައި ބޮޑު އާމްދަނީއެއް ހޯދައި ފިލްމީ ދާއިރާ ވެސް ހުއްޓި ތަރިން ތިބީ ގޭގައި ބަންދުވެފަ އެވެ.

މިދަނޑިވަޅުގައި ބޮލީވުޑުގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރު އަންނަނީ، ލޮކްޑައުނުގައި އޭނާ ދަރިންނާއެކު ވަގުތު ހޭދާކުރާ ގޮތް ސަޕޯޓަރުންނަށް ހިއްސާކުރަމުންނެވެ. 

އިއްޔެ އިންސްޓަގްރާމަށް ކަރަން ދޫކޮށްލި ވީޑިއޯގައި ފެނިގެންދަނީ އޭނާގެ ދެ ދަރިން ކަމަށްވާ ޔަޝް އާއި ރޫހީ އެވެ. އެގޮތުން އެންމެ ފުރަތަމަ ކުޅެން ހުރި ޔަޝްއާ ކަރަން ސުވާލުކުރަނީ އޭނާގެ ނަމަކީ ކޮބާތޯ އެވެ. ޖަވާބުގައި "ޔަޝް ކަރަން ޖޯހަރު" ކަމަށް ބުނެ އެވެ. އަދި ދިރިއުޅެމުންދަނީ ކޮން ސިޓީއެއްގައިތޯ ސުވާލުކުރުމުން މުމްބާއީ ކަމަށް ބުންޏެވެ. 

އެކަމަކު ދެން ކަރަން ކުރި ސުވާލަކަށް ޔަޝްއަށް ރަނގަޅު ޖަވާބެއް ނުދެވެ އެވެ. ޔަޝް އުޅެމުން އަންނަނީ ކޮން ގައުމެއްގައިތޯ ސުވާލުކުރުމުން އޭނާ ބުނީ އަމީތާބު ބައްޗަން އަދި ޝާހުރުކް ހާނު ކަމަށެވެ. މިއާއެކު ކަރަން ޖޯހަރު ހިނިގަނޑެއް ޖަހާލުމަށް ފަހު އެެއީ އިންޑިއާ ކަމަށް ބުންޏެވެ. 

ފަހުން ސޯފާއެއްގައި އިށީންދެގެން އިން ރޫހީ ވެސް ވަނީ ވާހަކަ ދައްކާފަ އެވެ. ޗޮކްލެޓެއް ކާހިތުން އުޅުނު ރޫހީ ބުނީ އޭނާގެ އެންމެ ގާތް އެކުވެރިން މަތިން ވަރަށް ހަނދާންވާ ކަމަށެވެ.

އުމުރުން 47 އަހަރުގެ ކަރަން ޖޯހަރު މިހާތަނަށް ކައިވެންޏެއް ކޮށްފައިނުވި ނަމަވެސް އޭނާ ދަރިން ހޯދާފައި ވަނީ ސަރޮގޭޓް ކޮށްގެންނެވެ. އެ ދެ ކުދިންގެ އުމުރުން އަދިވީ އެންމެ ތިން އަހަރެވެ.

ކަރަން ޖޯހަރު ޑައިރެކްޓްކޮށް ކާމިޔާބު ފިލްމުތައް ކަމަށްވާ، "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބި ހުށި ކަބި ގަމް" ފަދަ ފިލްމުތައް ނެރެފައިވެއެވެ. ކަރަންގެ އެންމެ ފަހުގެ މަސައްކަތަކަށް ފެނިފައިވަނީ އޭނާ ޕްރޮޑިއުސްކޮށް ނެރުނު ފިލްމު "ގުޑް ނިއުސް" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް