ޔޫރަޕުގެ ފުޓްބޯޅަ ދެ މަހެއްހާ ދުވަހުގެ މެދު ކެނޑުމަކަށް ފަހު އަލުން ފެށުނީ، ހޮނޮހިރު ދުވަހުގެ ރޭ އެވެ. ހޮނިހިރު ދުވަހުގެ ރޭ، ހަ މެޗު ކުޅުނު އިރު. ޑިފެންޑިންގ ޗެމްޕިއަން ބަޔާންގެ މެޗު އޮންނާނީ މިރޭއެވެ. މި މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން، ލެވޮންޑޮސްކީ ބުނީ، އޭނާ ފުރިހަމައަށް މި މެޗަށް ތައްޔާރުވެފައިވާ ކަމަށެވެ.
ޕޮލެންޑަށް ނިސްބަތްވާ އުމުރުން އެއް ތިރީސް އަހަރުގެ ލެވޮންޑޮސްކީވަނީ ލީގު މެދު ކަނޑާލުމުގެ ކުރިން ކުޅުނު ތޭވީސް މެޗުގައި ފަންސަވީސް ގޯލް ޖަހާފައެވެ. ޓޭބަލްގެ އެއްވަނައިގަ ބަޔާން އޮތް އިރު، ލަނޑު ލިސްޓުގެ ކުރީގައި އޮތީ ލެވޮންޑޮސްކީއެވެ. ބަޔާން މިއުނިކާއި ޔޫނިއަން ބާލިން ބައްދަލުކުރާ މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ ނުވައެއް ޖަހާއިރުއެވެ.