ads
ފޮޓޯ: ކަރެކްޝަނަލް ސާވިސް
ގައިދީނަށް "ފުޅަ އަޅާފައިވާ" ކާނާ ދިން ކަމަށް ބުނާ މައްސަލަ އިތުރަށް ބަލަނީ
މާފުށީ ޖަލުގައި ގައިދީންނަށް ފުޅައަޅާފައިވާ ކާނާ ދިން ކަމަށް ބުނާ މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

މާފުށީ ޖަލުގައި ގައިދީންނަށް ފުޅަ އަޅާފައިވާ ކާނާ ދިން ކަމަށްބުނާ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި އަންނަނި ދައުރުވަމުންނެވެ. 

އެކަމާއި ގުޅިގެން ހޯމް މިނިސްޓްރީން ބުނެފައިވަނި މިހާތަނަށް ބެލި ބެލުމުން އެކަން ހިނގާފައިވަނީ ގޮޅީތެރޭގައި ކާއެއްޗެހި ކުނިވަންދެން ގިނަ ދުވަހު ފޮރިގައިގެން ގެންގުޅެގެން ކަމަށެވެ. އަދި އެ ވީޑިއޯ އަކީ އެގޮތަށް ގިނަ ދުވަހު ކާއެއްޗެހި ފޮރުވައިގެން ގެންގުޅުމަށްފަހު ނަގާފައިވާ ވީޑިއޯ އެއްކަމަށް ބެލެވޭ ކަމަށާއި، ގައިދީންގެ ފަރާތުންވެސް އެފަދަ ޝަކުވާއެއް ލިބިފައިނުވާކަމަށެވެ. 

"ގައިދީންނާ ސުވާލުކުރުމުންވެސް މިފަދަ ކަމެއް ހިނގިކަމުގެ މައުލޫމާތު ލިބިފައެއް ނުވޭއެވެ."

ހޯމް މިނިސްޓްރީން ބުނެފައިވަނީ މިފަދަ ކަމެއް ހިނގިތޯ އިތުރަށް ކަށަވަރުކުރުމަށްޓަކައި ބަލަންވާ އެންމެހާ ބެލުންތައް ބެލުމަށް ހިއުމަންރައިޓްސް ކޮމިޝަނުގައި ހޯމް މިނިސްޓްރީން އެދިފައިވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް