ads
ރައީސަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފް އެރުވުން.
ޕާކިސްތާނުގެ ޔުނިވާސިޓީއަކުން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފި
ރައީސް މުހައްމަދު މުއިއްޒު ސިޔާސީ ދާއިރާގައި ކުރައްވާ މަސައްކަތްތަކާއި ބައިނަލްއަގުވާމީ މައިދާނުގައި ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދުގެ ފަރާތުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓެއް މިއަދު އަރުވައިފި އެވެ.
Advertisement

މި ޝަރަފު ރައީސް އަށް އަރުވާފައިވަނީ، އެމަނިކުފާނު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި މިއަދު ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސް އަށް މި އޮނަރަރީ ޑޮކްޓަރޭޓް އެރުއްވީ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުގެ ނައިބު ރައީސް ޕްރޮފެސަރ ޑރ. ނަދީމް އަޙްމަދު ޝެއިޚެވެ.

މި ޝަރަފު އެމަނިކުފާނަށް އަރުވާފައިވަނީ އެކި ދާއިރާތަކުން ކުރައްވާފައިވާ ހިދުމަތްތަކާއި، ދިވެހިރާއްޖޭގެ ތަރައްގީއަށް ވެދެއްވާފައިވާ އަގުހުރި ހިއްސާއާއި، ބައިނަލްއަގްވާމީ މައިދާނުގައި ގައުމު ތަމްސީލުކުރެއްވުމުގައި ކުރައްވަމުން ގެންދަވާ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ މިއަދު ހެނދުނު ބޮޑުވަޒީރުގެ ގެކޮޅުގަ އެވެ. އެ ރަސްމިއްޔާތުގައި ދެ ގައުމުގެ ގައުމީ ސަލާމްކުޅެ، ރައީސްގެ ޝަރަފުގައި ހާއްސަ ގާޑް އޮފް އޮނާއެއް އެރުވި އެވެ.

ޕާކިސްތާނު ދަތުރުފުޅުގައި ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް 20 އެމްއޯޔޫއެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

މާދަމާގެ ނިޔަލަށް ރައީސް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ 2015ވަނަ އަހަރުގެ މެއި މަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ގައުމަށް ކުރެއްވި ދަތުރުފުޅަށްފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީހީ ދަތުރުފުޅެއް ވެސް މެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް