އޭނާ މިކަން ހާމަކުރީ އިންސްޓަގްރާމް ސްޓޯރީއެއް މެދުވެރިކޮށެވެ. ސެލީނާ ބުނި ގޮތުގައި ވޭޕުކުރުމުގެ ސަބަބުން އޭނާގެ އަޑަށް ވަނީ ދާއިމީ ބަދަލުތަކެއް އައިސްފަ އެވެ.
އުމުރުން 34 އަހަރުގެ ސެލީނާ ވަނީ ވޭޕުކުރުމަކީ އެއްވެސް ބޭނުމެއް އޮތް ކަމެއް ނޫން ކަމަށް ބުނެ، އޭނާގެ ސަޕޯޓަރުންނަށް އެކަން ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. ގިނަ އަދަދަކަށް ނިކޮޓިން ބޭނުންކުރުމުގެ ސަބަބުން އޭނާގެ އަޑު ކުރިއަށް ވުރެ ބަރުވެފައިވާއިރު، އެކަން ދެން ބަދަލު ނުކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. އަދި އޭނާގެ މިހާރުގެ އަޑު ބައެއް މީހުންނަށް ކަމުނުދިޔަ ނަމަވެސް އެކަމާ އަޅާނުލާ ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ ކުރިން 2025 ވަނަ އަހަރު ސެލީނާ ވަނީ އޭނާގެ އަޑަށް އައި ބަދަލަކީ އޭނާ ތަހައްމަލުކުރަމުންދާ ލޫޕަސް ބަލީގެ ސަބަބުން ކަރުތެރެ ދުޅަވުމުން އައި ބަދަލެއް ކަމަށް ބުނެފައެވެ. ނަމަވެސް މި ފަހަރު އޭނާ ވަނީ އެއީ ސީދާ ވޭޕުކުރުމުގެ ސަބަބުން ދިމާވި މައްސަލައެއްކަން ކަށަވަރުކޮށްދީފައެވެ. ވޭޕުކުރުން ހުއްޓާލުމަކީ ވަރަށް އުނދަގޫ ކަމެއްކަން ފާހަގަކޮށް، އެކަމުން ސަލާމަތްވުމަށް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން ސެލީނާ ވަނީ ނިކޮޓިންގެ އަވައިގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތްވުމަށް ހިތްވަރު ދީފައެވެ. އޭނާ ވޭޕުކުރުން ހުއްޓާލުމަށް ފަހު މިހާރު ހުރީ އެކަމާ އުފަލުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ވޭޕާ ދުރުގައި ހުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ. އަދި އުނދަގޫތަކާ އެކު ވެސް ހިތްވަރުކޮށްފި ނަމަ އެކަން ކާމިޔާބުވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.