ads
ޖިންސީ ގޯނާ އާއި ދެކޮޅަށް އޭޕްރިލް 24 ގައި ޒުވާނުން ބޭއްވި އެއްވުން -- ދުވަސް ފޮޓޯ: ޒިދާން މުހައްމަދު
ތިނަދޫ ރޭޕް ކޭސް، އެންމެންގެ ބަންދު މުއްދަތު ޖަހައިފި 2 މީހަކަށް 90 ދުވަސް ޖެހި
ގދ. ތިނަދޫގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
Advertisement

22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މި  މައްސަލާގައި ހައްޔަރުކޮށްފައިވަނީ 9 ދިވެހިން ނެވެ. 

ފުލުހުން ބުނީ މި އެންމެންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފީފަިވާކަމަށެވެ. އެގޮތުން އެ ނުވަ މީހުންގެ ތެރެއިން ދެ މީހަކު 90 ދުވަހު، އެކަކު 30 ދުވަހު، އެކަކު 15 ދުވަހު، އެކަކު 10 ދުވަހު އަދި ހަތަރު މީހަކު 5 ދުވަހު ބަންދުގައި ބޭތިއްބުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން، އެ ނުވަ މީހުންގެ ތެރެއިން މިހާތަނަށް ގާނޫނީ ވަކީލަކު ހަމަނުޖެހި ތިބި މީހުން، ގާނޫނީ ވަކީލެއް ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ. 

ފުުލުހުން ބުނީ އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، ފުލުހުންނަށް ރިޕޯޓްކުރީ މިމަހުގެ 21 ވަނަ ދުވަހުކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލައާއި ގުޅިގެން މިހާތަނަށް އެކަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ. 

މި ތުހުމަތުތަކާ ގުޅިގެން، މި މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންކަމަށް އެ އިދާރާއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް