ads
އެއް ރަށެއްގައި ދަރިވަރުންތަކަށް ޖިންސީގޯނާކުރި ބިދޭސީ ދެ ޓީޗަރުން ހައްޔަރުކޮށްފި
އެއް ރަށެއްގައި ދަރިވަރުންތަކަށް ޖިންސީގޯނާކުރި ބިދޭސީ ދެ ޓީޗަރުން ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ ސައުތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސުކޫލު ޓީޗަރަކު 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 11 ވަނަ ދުވަހު ހުށައަޅާފައިވާކަމަށެވެ.

އެ މައްސަލައާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާދީފއިވާކަަމށް ފުލުހުން ބުނެ އެވެ.

މީގެއިތުރުން ސައުތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސުކޫލު ޓީޗަރަކު 12 އަހަރާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްވެސް މި މަހުގެ 17 ވަނަ ދުވަހު ހުށައަޅާފައިވާކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިކަމަށާއި އޭނާގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހާދީފައިވާކަމަށް ފުލުހުން ބުނެ އެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް