ads
ތިމާވެށީގެ ކާރިސާތަކުން މުއްސަނދިން ބޮޑު ނަގަނީ ފައިދާ--
ތިމާވެށީގެ ކާރިސާތަކުން އެންމެ ބޮޑެތި މުއްސަނދިން އުޅެނީ ހައްދެއް މިންވަރުގެ ފައިދާ ނެގުމުގައި!
ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިން ތިމާވެށީގެ ކާރިސާތަކުން ބޮޑެތި މާލީ ފައިދާތަކެއް ނަގަމުންދާކަން އޮކްސްފާމްއިން އާންމުކުރި ރިޕޯޓަކުން ހާމަވެއްޖެއެވެ. .
Advertisement

އިއްޔެ  އާންމުކުރި މި ދިރާސާ ރިޕޯޓުގައިވާ ގޮތުން، ދުނިޔޭގެ އާބާދީގެ އެންމެ މުއްސަނދި 0.1 އިންސައްތަ މީހުން ދަނީ ތިމާވެށީގެ ކާރިސާތަކަށް ތައްޔާރުވުމަށާއި، ކާރިސާތަކަށް ފަހު އަލުން އާރާސްތު ކުރުމަށް ބޮޑެތި އަދަދުތަކުން ފައިސާ އިންވެސްޓް ކުރަމުންނެވެ. އެ އިންވެސްޓްމަންޓްތައް ކުރަނީ އެ މީހުންނަށް ލިބޭނެ ބޮޑު ފައިދާއެއްގެ ބޭނުމުގައި ކަމަށް ވެ އެވެ.

އޮކްސްފާމްގެ މި ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ތިމާވެށީގެ ކާރިސާތަކުން ރައްކާތެރިވުމަށާއި ކާރިސާތަކަށް ފަހު އަލުން އާރާސްތުކުރުމަށް ބޭނުންވާ  ފައިސާގެ އަދަދު 2029 ވަނަ އަހަރާ ހަމައަށްދާއިރު 92 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ އެވެ. މިއީ ދުނިޔޭގެ އެންމެ މުއްސަނދި ފަރާތްތަކުން މިފަދަ މާކެޓްތަކަށް އިންވެސްޓްކޮށްގެން ބޮޑެތި މާލީ ފައިދާތަކެއް ހޯދުމަށް ލިބޭ ބޮޑު ފުރުސަތެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ދިރާސާއިން އިންޒާރު ދީފައިވާ ގޮތުގައި، މިފަދަ ކާރިސާތަކާ ގުޅޭ މާކެޓްތަކުން މުއްސަނދިންނަށް ބޮޑެތި މާލީ ފައިދާތަކެއް ލިބެމުން ދިއުމަކީ، ތިމާވެށީގެ މައްސަލަތަކަށް ދާއިމީ ހައްލުތައް ހޯދުމަށް ކުރެވޭ މަސައްކަތްތައް ލަސްވެ، އެފަރާތްތަކަށް މާލީ ގޮތުން ބޮޑެތި ފައިދާތައް ހޯދުމަށް ލިބޭ ހިތްވަރެކެވެ. މީގެ ސަބަބުން ތިމާވެށީގެ ކާރިސާތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ބަދަލުގައި، މުއްސަނދިންގެ މާލީ ފައިދާއަށް އިސްކަން ދިނުމުގެ ސަބަބުން އެކަމުގެ ނުރައްކާތެރިކަން މިހާރު ވަނީ ބޮޑުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް