އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ކުއްލިއަކަށް އައި މި ނަގޫރޯޅީގެ ސަބަބުން އިމާރާތް ކުރާ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ މީހުން ދިރިއުޅުމަށް ބޭނުން ކުރަމުންދިޔަ ކޮންޓޭނަރުތައް ވަނީ އެކީގައި ހަލާކުވެފައެވެ. އަދި މި ނަގޫރޯޅީގެ ބާރުގައި، ސައިޓުގައި ބަހައްޓާފައި ހުރި އިމާރާތް ކުރުމުގެ މަސައްކަތަށް ބޭނުން ކުރާ ބޮޑު ކްރޭން ވަނީ ވެއްޓިފަ އެވެ.
މި ހާދިސާގައި ޖުމްލަ ހަތަރު މަސައްކަތްތެރިން މަރުވެފައިވާއިރު، އެ މީހުންގެ ތެރެއިން ތިން މީހުންނަކީ ބިދޭސީ މަސައްކަތްތެރިން ކަން އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މި ހާދިސާގައި އަނިޔާވި މީހާއަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
އަންތާލިޔާގެ ކަމާބެހޭ އިދާރާތަކުން ވަނީ މި ހާދިސާއާ ގުޅޭ މައުލޫމާތު ކަށަވަރުކޮށްދީ، މަރުވި މީހުންގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ހިމެނޭކަން ހާމަކޮށްފައެވެ.