ads
ރައީސް ނަޝީދު
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވޯޓުދީފިނަމަ، ބިޗޫ ކަށިޖަހާފާނެ: ނަޝީދު
ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސްއަށް ދިނުމާއި ދެކޮޅަށް މިރޭ އެމްޑީޕީގެ ގައުމީ މަޖިލިހަށް ހުށައަޅަން ނިންމާފައިވާ ގަރާރު ފާސްނުކުރަން އެޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
Advertisement

ރަސްމާލޭގެ މައްސަލާގައި އިދިކޮޅު އެމްޑީޕީގެ ސްޓޭންޑް ހާމަކުރަން މިރޭ ގައުމީ މަޖލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފަ އެވެ. 

މި ޖަލްސާއަށް ކޮލަމާފުށި ދާއިރާގެ ރައީސް  މަހްފޫޒު ސައީދު ވަނީ ގަރާރެއް ހުށައަޅުއްވަން ނިންމަވާފަ އެވެ. އެ ގަރާރުގައި ބުނެފައިވަނީ ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސްއަށް ދިނުމގެ މައްސަލާފައި އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލާށެވެ. އެ ގަރާރަށް ތާއީދު ކުރެއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.

މިކަމާއި ގުޅިގެން ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދަޅުވީ އެ ގަރާރު ފާސްކުރަން ފެނިވަޑައި ނުގަންނަވާކަމަށެވެ. އެއަށްފަހު ދެން ލިޔުއްވީ ކުރީގއި ދިވެހިންގެ މެދުގައި އާއްމު ޅެން ބައިތެއްކަށްވާ " ނަމަނަމަ ކުޑަ ކޮއިފުޅާ އަތް ނުލާށޭ ފާރުގައި، ހަމަނިކަން ތަދުވާ ގޮތެއްގައި ކަށި ޖަހާފާނޭ ބިޗޫ" މި ބައިތެވެ. 

ރަސްމާލެ މަޝްރޫއާއި އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު ހައްދަވާތީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭރުމީހުންނަށް ނަފުރަތުކުރުމާއި ހަރުކަށި ވަތަނީ ވިސްނުންތައް އެމްޑީޕީން ބަލައިގަންނަތަން އެބަ ފެންނަ ކަމަށާއި އެކަމާއި މެދު ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.

ރަސްމާލެ މަޝްރޫއުގެ މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖލިހުން މިރޭ ގޮތެއް ނިންމަން ކަނޑައަޅާފައިވަނިކޮށް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭރުމީހުންނަށް ނަފުރަތުކުރުމާއި ހަރުކަށި ވަތަނީ ވިސްނުންތައް އެމްޑީޕީން ބަލައިގަންނަތަން އެބަ ފެންނަ ކަމަށާއި އެ ފަދަ ވިސްނުންތަކަކީ އެމްޑީޕީ އުފެއްދި ފަލްސަފާއާ ހިލާފު ވިސްނުންތަކެއް ކަަމަށެވެ. 

އެއް އިރެެއްގައި އެމްޑީޕީ އަކީ ހުޅުވާލުމުގެ ސިޔާސަތާއި ތަފާތުފިކުރުތަކުގެ މީހުންނާ އެކު ސުލްހަވެރިކަމުގައި އުޅުމާއި ޑިމޮކްރެޓިކް ރިފޯމްގެ ޗެމްޕިއަނުން ކަމަށާއި އެ ޕާޓީއަށް އެންމެ ފުރަތަމަ ތާއީދުކުރި މީހުން ތާއީދުކުރީ އެ އުސޫލުތަކަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އަދި ބިރުވެރިކަމާއި ބައިބައިވުން އުފައްދައިގެން އިންތިހާބީ ކާމިޔާބީ ހޯދަން މަސައްކަތް ކުރުމަކީ، މިނިވަން ފިކުރުގެ އާންމު މެންބަރުން ޕާޓީއާ ދުރުވެ، ސިޔާސީ ގޮތުން ނާކާމިޔާބީއާ ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. 

އެގޮތުން ބިރަކާ ނުލާ މަޖާކުރުން' ޝިއާރުގެ މައްޗަށް ބައްޓަން ކުރެވުނު ކެމްޕޭން ހަނދާނަށް ގެނައުމަކީ މުހިންމު ކަމެއްކަމަށާއި އެ މެސެޖުގެ ސަބަބުން ޕާޓީއަށް އޮތް ތާއީދު ކުޑަވުމުގެ ބަދަލުގައި، އެހެން މީހުން ބާކީވުމެއް ނެތި، އިތުރު 20،000 ވޯޓު ޕާޓީގެ ތާއީދުގެ ތެރެއަށް އިތުރުވެ، ޕާޓީގެ މަގުބޫލުކަން ފުޅާވެގެން ދިޔަކަމަށް ނަޝަީދު ވިދާޅުވި އެވެ.  އެހެންނަމަވެސް އެ އުސޫލުތަކާއި ހިލާފަށް، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުންކުރުމާއި "ޒަޔަނިސްޓުން ގައުމު ހިފަނީ" ފަދަ އެއްވެސް އަސާސެއް ނެތް ވާހަކަތައް ފެތުރުމަކީ ޕާޓީގެ އިތުބާރު ބޮޑުކުރުމަށް ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ނަޝީދު ވިދާޅުވި އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް