ads
މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ކަމަށް ބީއެމްއެލްއިން ބުނޭ
500 ހަރަދުކޮށްގެން 25،000 ހޯދުމުގެ ފުރުސަތު ބީއެމްއެލްގެ ސްވައިޕްއިން
"ސްވައިޕް. ސްޕެންޑް. ވިން." ގެ ނަމުގައި 500 ހަރަދުކޮށްގެން 25،000 ލިބޭ ހާއްސަ ޕްރޮމޯޝަނެއް ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް އިން ފަށައިފި އެވެ.
Advertisement

މި ޕްރޮމޯޝަނަކީ ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް 'ސްވައިޕް' ވޮލެޓުން ފައިސާ ދެއްކުމުން އިނާމު ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެއްކަމަށް ބީއެމްއެލްއިން ބުނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އެ މުއްދަތުގެ ތެރޭގައި، މި ޕްރޮމޯޝަންގައި ބައިވެރިވާ މާޗަންޓްތަކުން ވިޔަފާރިކޮށް، ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތު ނެގުމުގެ އިތުރުން، ޕްރޮމޯޝަން ނިމުމުން ހޮވޭ އިނާމުގެ ނަސީބުވެރިޔާއަށްވެސް 25,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައިކަމަޑށް ބީއެމްއެލްއިން ބުނެ އެވެ.

ކޮންމެ ހަފުތާއަކު ހޮވޭ ފަސް ނަސީބުވެރިންގެ ތެރެއިން ކޮންމެ މީހަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެކަމަށްވެސް ބީއެމްއެލްއިން ބުނެ އެވެ.  ޖުމްލަ ހަތަރު ހަފުތާގެ މަތިން ނެގޭ ގުރުއަތުލުންތަކުގައި 20 ފަރާތަކަށް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެކަމަށާއި މީގެއިތުރުން، ހަފުތާގެ ނަސީބުވެރިންނަށްވެސް ކުރިއަށް އޮތް ހަފުތާތަކުގެ ގުރުއަތުލުމުގަ އާއި ގްރޭންޑް ޕްރައިޒް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެކަމަށްވެސް ބީއެމްއެލްއިން ބުނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ، ބައިވެރިވާ މާޗަންޓެއްގެ އަތުން ސްވައިޕް ބޭނުންކޮށްގެން އެއްފަހަރާ 500 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ މުއާމަލާތެއް ކޮށްގެންކަމަށްވެސް ގައުމީ ބޭންކުން ބުނެ އެވެ.

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތާއި، ބައިވެރިވާ މާޗަންޓުންގެ ލިސްޓު ބޭންކުގެ ވެބްސައިޓް  އިން ލިބެން ހުންނާނެކަމަށް އެ ބޭންކުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް