ads
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރު އަހްމަދު ސަލީމާއި ނައިބު މުގައްރިރު އަލީ ފަޒާދު: މި އަހަރު ވެސް ބަޖެޓު ކޮމިޓީގެ މުގައްރިރުކަމަށް ސަލީމް، އަދި ނައިބަކަށް ފަޒާދު ވަނީ އައްޔަންކޮށްފައި --- ފޮޓޯ: މަޖިލިސް
މިފަހަރު ވެސް ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބު މުގައްރިރަކަށް ފަޒާދު
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ވަގުތީ ކޮމިޓީގެ މުގައްްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މި އަހަރު ވެސް ހޮވައިފި އެވެ.
Advertisement

މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމާއި، އިގްތިސޯދީ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ފަޒާދު އައްޔަންކުރަން ބަޖެޓު ކޮމިޓީން ނިންމީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ދެ ބޭފުޅުންގެ ނަންތައް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސްއެވެ. ތާއީދުކުރެއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުﷲ ޝަރީފެވެ.

ސަލީމާއި ފަޒާދު ފިޔަވައި އިތުރު ބޭފުޅެއްގެ ނަމެއް ކޮމިޓީގެ މުގައްރިރުކަމަށް ވެސް އަދި ނައިބު ކަމަށް ވެސް ހުށައެއްނާޅަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. 

މިއީ މި އަހަރަށް ކަނޑައަޅާފައިވާ 64.2 ބިލިއަން ރުފިޔާއަށް ވުރެ 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް