ކޮވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅުތަކާއި އެކު ކުޅުނު މި މެޗުގައި ބަޔާނަށް ކުރި ހޯދައިދިނީ، ފުރަތަމަ ހާފުގެ ފަހުކޮޅުގައި ލިބުނު ޕެނަލްޓީއަކުން ރޮބާޓް ލެވޮންޑޮސްކީއެވެ. ބަޔާނުގެ ފަހު ލަނޑު މެޗު ނިމެން ދިހަވަރަކަށް މިނިޓަށް ވެފައިވަނިކޮށް ޖަހާދިނީ، ބެންޖަމިން ޕަވާޑެވެ. މި ނަތީޖާއާއި އެކު ބަޔާނުން ޓޭބަލްގެ އެއްވަނައިގަ އޮތީ، ފަންސާސް އަށް ޕޮއިންޓާ އެކުއެވެ.
ކޮވިޑާއި ގުޅިގެން ޔޫރަޕުގެ ފުޓްބޯޅަ ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް ފުރަތަމަ ފުޓްބޯޅަ ފެށީ ޖަރުމަނުންނެވެ. ޖަރުމަނު ލީގުގެ މެޗުތައް ފެށީ ހޮނިހިރު ދުވަހުއެވެ. ހޮނިހިރު ދުވަހު ހަ މެޗު ކުޅެވުނު އިރު އާދިއްތަ ދުވަހު ތިން މެޗު ކުޅެވުނެވެ.