ads
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-
އިލެކްޓްރިކް އުޅަނދުފަހަރު މަރާމާތުކުރުމުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ސޮއިކޮށްފި
ރާއްޖޭގައި އިލެކްޓްރިކް އުޅަނދުފަހަރާއި ޗާޖުކުރާ ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
Advertisement

ދެ މިނިސްޓްރީގެ އިސްވެރިންގެ ހާޒިރުގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ފަހުމުނާމާގައި ސޮއިކުރެއްވީ ދެ މިނިސްޓްރީގެ ކަމާބެހޭ ވެރިންނެވެ.

މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ، ގްލޯބަލް އެންވާރަމަންޓް ފެސިލިޓީ (ޖީއީއެފް) ގެ އެހީގައި ކުރިއަށްގެންދާ "އިންޓަގްރޭޓެޑް، ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަންސް ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއުގެ ދަށުން ފޯރުކޮށްދީފައިވާ އިލެކްޓްރިކް ބަސްތަކާއި އެހެނިހެން އުޅަނދުތައް ދިގު މުއްދަތަކަށް ބެލެހެއްޓުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުން ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ބުނެއެވެ.

ހަމައެއާއެކު، ކުރިމަގުގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމުތައް ކުރިއެރުވުމަށް ބޭނުންވާ ގާބިލުކަން މި މަސައްކަތުގެ ތެރެއިން ވަރުގަދަވެގެންދާނެކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް