ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި ތަކެތި އަތުލައިގަތީ ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
އެގޮތުން ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 2123 ގްރާމްގެ ސިންތެޓިކް ކެތިނޯން އަތުލައިގަތީ އޮކްޓޫބަރު 29 ވަނަ ދުވަހު ޕޯސްޓް އޮފީހުންނެވެ.
މިތަކެތި އަތުލައިގަނެފައިވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރަމުން ދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.
މީގެ އިތުރުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުރިއާ މެދުވެރިކޮށް ރާއްޖެ އައި ޕެކޭޖެއްގެ ތެރެއިން 1030 ގްރާމް ސިންތެޓިކް ކެތިނޯން ވަނީ އަތުލައިގަނެފަ އެވެ.
ކަސްޓަމްސްއިން ވަނީ މިދިޔަ މަހުގެ 19 ގައި ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން، ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު ދެ މީހަކު ވެސް އަތުލައިގެންފަ އެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، އެ ތަކެތި އަތުލައިގެންފައި ވަނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގަ އެވެ.
މީގެ އިތުރުން ކަސްޓަމްސްއިން ވަނީ މިދިޔަ މަހުގެ 24 ގައި ރާއްޖެއަށް ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.