ads
ރާއްޖެ ކައިރިއަށް ނާސާގެ ސެޓެލައިޓެއް ވެއްޓިއްޖެ!
ރާއްޖެ ކައިރިއަށް ނާސާގެ ސެޓެލައިޓެއް ވެއްޓިއްޖެ!
އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ މުޙިއްމު ޖައްވީ ޓެލެސްކޯޕެއް ކަމަށްވާ "ނީލް ގްރެލްސް ސުވިފްޓް އޮބްޒަވޭޓްރީ" ދުނިޔޭގެ ޖައްވުގެ ތެރެއަށް އަލުން އެތެރެވުމަށްފަހު، ދިވެހިރާއްޖޭގެ ކަނޑުގެ އިންއާ ޖެހިގެންވާ އިންޑިއާ ކަނޑުގެ އުތުރުގެ ސަރަހައްދަށް ވެއްޓިއްޖެ އެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވީ ދުވަހުއެވެ. މި ސެޓެލައިޓް ދުނިޔޭގެ ޖައްވުގެ ތެރެއަށް އަލުން އެތެރެވީ އިންޑޮނޭޝިއާގެ ނޯތު ސުމާޓްރާގެ މަތިންނެވެ. އެއަށްފަހު، ސެޓެލައިޓް ވެއްޓިފައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ އިންއާ އިންވެގެންވާ އިންޑިއާ ކަނޑުގެ އުތުރު ސަރަހައްދަށެވެ.

"ނީލް ގްރެލްސް ސުވިފްޓް އޮބްޒަވޭޓްރީ" އަކީ ފަލަކީ ދާއިރާގެ ދިރާސާތައް ކުރުމަށް ނާސާއިން ބޭނުންކުރި މުޙިއްމު ޖައްވީ ޓެލެސްކޯޕެކެވެ. މި ސެޓެލައިޓް ދުނިޔޭގެ ޖައްވުގެ ތެރެއަށް އެތެރެވުމާ ގުޅިގެން، ފަލަކީ ދާއިރާގައި އެ ސެޓެލައިޓުން ކުރިއަށްގެންދިޔަ 22 އަހަރު ދުވަހުގެ ދިގު ޢިލްމީ މިޝަން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.

މި ސެޓެލައިޓް ވެއްޓުނު ސަރަހައްދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދީ އިންއާ ވަރަށް ކައިރި ސަރަހައްދެއް ކަމަށްވާއިރު، މިއާއެކު ނާސާގެ މި ތާރީޚީ ޖައްވީ ޓެލެސްކޯޕުގެ 22 އަހަރުވީ މިޝަން ވަނީ ރަސްމީކޮށް ނިމިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް