ads
ދަނގެތީގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ހުޅުވުން
ދަނގެތީގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ހުޅުވައިފި
މަސްވެރިންނަށް ހެޔޮ އަގުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ތެޔޮ ފޯރުކޮށް ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އދ. ދަނގެތީގައި ގާއިމުކުރި ފިއުލް ސްޓޭޝަން ހުޅުވައި، ރަސްމީކޮށް ހިދުމަތް ދޭން ފަށައިފި އެވެ.
Advertisement

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ދަނގެތީގައި ތަރައްގީކުރި މި ފިއުލް ސްޓޭޝަން ރަސްމީކޮށް ހުޅުވާފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ފިއުލް ސްޓޭޝަންގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދެވެ. މީގެ އިތުރުން އެ ރަށުގެ ކައުންސިލް މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށް، އަތޮޅުތަކުގެ އިގްތިސާދީ ހަރަކާތްތަކަށް ލުއި ފަސޭހަކޮށް ދިނުމަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެފްއެސްއެމުން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 18 ފިއުލް ސްޓޭޝަނެއް ގާއިމްކުރުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫއު ނިމުމުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެއް އަގަކަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހި، މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް