މި އެވޯޑު ރާއްޖެއަށް ދީފައިވަނީ އިންޑޮނޭޝިއާގެ ބާލީގައި ކުރިޔަށް ގެންދިޔަ އޭޝިއާ ޕެސިފިކް އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތުގެ 14 ވަނަ ކޮންފަރެންސްގަ އެވެ.
މި އެވޯޑު ލިބުނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، (ޑަބްލިއުއެޗްއޯ)އާ ގުޅިގެން ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ޝަރަފުވެރި ކާމިޔާބީއަކީ ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފުރިހަމަ ސިއްހީ ހިދުމަތް ކަށަވަރުކޮށްދިނުމަށް މެދުކެނޑުމެއްނެތި ކުރާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓްރީން ސިފަކޮށްފަ އެވެ.