ads
ޖިންސީ ގޯނާއާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަފަދަ ޒާތީ މައުލޫމާތު އާންމު ނުކުރަން އެދެފި
މީޑިއާގެ އެކި މަންސަތަކުގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެހެން މައުލޫމާތު އާންމުކުރުމަކީ ކުޑަކުއްޖެއްގެ ހައްގަކަށް އަރައިގަތުމުގެ އަމަލެއް ސިއްހަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މިރޭ އެދެފި އެވެ.
Advertisement

އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައި ވަނީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، އަނިޔާ ލިބުނު ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ފަދަ މައުލޫމާތު މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާތީ އެކަމާ މެދު ނުހަނު ކަންބޮޑުވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ ދަށުން ކުޑަކުދިންނަށް އާއިލާއާއި ޖަމާއަތާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭކަން އެ ވުޒާރާއިން ވަނީ ހަނދާންކޮށްދީފަ އެވެ.

"ކުދިންގެ ޒާތީ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެކަމަށް ބަޔާންކޮށް، ކުޑަކުދިންގެ ތެރެއިން ކުށުގެ ތުހުމަތެއް ކުރެވިފައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިން ހާއްސަކޮށް، އެކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވަނީ އެކުދިންގެ މަސްލަހަތު ރައްކާތެރިކޮށްދިނުމުގެ ބޭނުމު" ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން، ކުއްޖަކަށް ދިމާވާ އެއްވެސްކަމަކާ ގުޅިގެން، އެކުއްޖާގެ މައުލޫމާތު އާންމުން ކަންކަމާ މެދުގައި ދެކޭގޮތަށް ނުފޫޒުފޯރުވުމުގެ މަގުސަދުގައި ނުވަތަ އެނޫންވެސް ބޭނުމެއްގައި މީޑިއާގެ އެކި މަންސަތަކުގައި އެކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެހެން މައުލުމާތު އާންމުކުރުމަކީ ކުޑަކުއްޖެއްގެ ހައްގަކަށް އަރައިގަތުމުގެ އަމަލެއް ކަމަށް ވުޒާރާއިން ބުނެފައިވެ އެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ، މުޅި މުޖުތަމައުގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއްކަމުގައިވާތީ، މިފަދަ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން އާންމު ނުކުރުމަށް އެ ވުޒާރާއިން ވަނީ އަންގާފަ އެވެ.

ޖިންސީ އަނިޔާއާއި ގެވެށި އަނިޔާފަދަ އަނިޔާތަކުގެ ޝިކާރައަކަށްވާ ކުޑަކުދިންގެ މަޢުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކުރުމަކީ ގާނޫނީ ގޮތުން ކުށެއްގެ އިތުރުން، ކުއްޖާގެ ރައްކާތެރިކަމަށް އޮތް ނުރައްކަލެކެވެ.

މިފަދަ މައުލޫމާތު އާންމުކުރާ ފަރާތްތަކާމެދު ޖިނާއީ ދަޢުވާ އުފުލައި އަދަބު ކަނޑައެޅޭނެކަން ގާނޫނުގައި ބަޔާންކޮށްފައިވާއިރު، މިކަމުގެ ސަބަބުން ކުއްޖާއަށް ނަފްސާނީ އަސަރުތަކާއި އިޖުތިމާއީ ގޮތުން ބާކީވުމާ ކުރިމަތިލާންޖެހޭ ކަމަށް ކަމާބެހޭ މާހިރުން ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް