ads
ކޮލަމާފުށީގައި ފެން ހިންދުމަށް ކޯރު ކަނޑަނީ. - ފޮޓޯ: އެންޑީއެމްއޭ
ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ
މި ވިއްސާރައިގެ ސަބަބުން ރަށުން ކަރަންޓުގެ ހިދުމަތްވެސް ވަނީ މެދުކެނޑިފަ
ގއ. ކޮލަމާފުއްޓަށް މިއަދު ބޯކޮށް ވާރޭވެހި އެ ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
Advertisement

ނެޝަނަލް ޑިޒާސްޓާ މެނޭޖަމްޓް އޮތޯރިޓީން ބުނީ ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ، ކަރަންޓު ކެނޑި ގެއްލުންތަކެއްވެފައިވާ ކަމަށެވެ.

އަދި ރައްޔިތުނާއި ރަށު ކައުންސިލް ގުޅިގެން ފެންހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިތުރު އެހީތެރިކަން ފޯރުކޮށް ދިނުމަށް ޕަންޕާއި ގެތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ތައްޔާރުކުރުމަށް ބޭނުންވާ ގޯނި ހިފައިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑުން މިހާރު ދަނީ އެރަށަށް ދަތުރުކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ސިފައިންގެ ޓީމު ކޮލަމާފުއްޓަށް ދަތުރުކުރަނީ ފެން ހިންދުމުގައި ބޭނުންކުރާ ޕަންޕުތަކާއި ގެތަކަށް ފެން ވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމަށް ބޭނުންވާ ގޯނި ހިފައިގެން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ނަމަވެސް، ފެންބޮޑުވުމުގެ މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ފަށާ ދުވަސްވަރެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް