ads
އެލަން މަސްކު
އެލަން މަސްކުގެ 80 ބިލިއަން ޑޮލަރު ގެއްލިއްޖެ
ދުނިޔޭގެ އެންމެ މުއްސަނދި ވިޔަފާރިވެރިޔާ އެލަން މަސްކުގެ ކުންފުނިތަކުގެ ހިއްސާގެ އަގު ދަށަށް ދިއުމާ ގުޅިގެން، ބުރާސްފަތި ދުވަހުގެ މެންދުރުފަހު އޭނާގެ މިލްކިއްޔާތުން 80 ބިލިއަން ޑޮލަރު ގެއްލިއްޖެ އެވެ.
Advertisement

މި ބޮޑު ގެއްލުމާއެކު މަސްކުގެ ޖުމްލަ މިލްކިއްޔާތު މިހާރު ވަނީ 800 ބިލިއަން ޑޮލަރަށް ވުރެ ދަށަށް ވެއްޓިފަ އެވެ. މިއީ މީގެ މަހެއްހާ ދުވަސް ކުރިން އޭނާ އަލުން ޓްރިލިއަނަރެއްގެ ދަރަޖަ ހޯދާފައި ވަނިކޮށް ކުރިމަތިވި ބޮޑު ލޮޅުމެކެވެ.

މަސްކުގެ މުއްސަނދިކަން މިހާ ބޮޑަށް ދަށަށް ދިޔަ މައިގަނޑު ސަބަބަކީ އޭނާގެ ކުންފުނިތަކުގެ ހިއްސާގެ އަގުތަކަށް އައި ބޮޑު ބަދަލެވެ. އެގޮތުން އޭނާގެ އިލެކްޓްރިކް ކާރު ކުންފުނި، ޓެސްލާގެ ހިއްސާގެ އަގު ވަނީ 11.5 ޕަސަންޓު ދަށަށް ގޮސްފަ އެވެ. މިއީ އޮގަސްޓް މަހަށް ފަހު ޓެސްލާގެ ހިއްސާގެ އަގު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ޓެސްލާގެ އިތުރުން މަސްކުގެ ޖައްވީ ކުންފުނި ކަމަށްވާ ސްޕޭސްއެކްސްގެ ހިއްސާގެ އަގަށް ވެސް ވަނީ މީގެ ނޭދެވޭ އަސަރު ކޮށްފަ އެވެ. ސްޕޭސްއެކްސްގެ ހިއްސާގެ އަގު ވަނީ 8 ޕަސަންޓު ދަށަށް ގޮސް، ހިއްސާއެއްގެ އަގު ގާތްގަނޑަކަށް 125 ޑޮލަރަށް ވެއްޓިފަ އެވެ.

މަސްކުގެ މިލްކިއްޔާތުން އެންމެ ދުވަހެއްގެ ތެރޭގައި 80 ބިލިއަން ޑޮލަރު ދޮވެވިގެން ދިޔަ ނަމަވެސް، އޭނާ އަދިވެސް ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ އެންމެ ކުރީ ސަފުގަ އެވެ. ނަމަވެސް ހިއްސާގެ ބާޒާރުގައި ކުންފުނިތަކުގެ އަގުތަކަށް އަންނަ މިފަދަ ބޮޑެތި ބަދަލުތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައިވެސް އޭނާގެ މިލްކިއްޔާތަށް އިތުރު ބަދަލުތަކެއް އައުން އެކަށީގެންވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް