ކޮވިޑް-19 އާ ގުޅިގެން ކައިވެނި ފަސްކޮށްފައިވާ ކަމަށް ބުނެ ފަޒަލް ބުނެފައި ކައިވެނީގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދިޔަ ކަމަށެވެ. އެކަމަކު ހަލުވިކަމާއެކު ފެތުރެން ފެށި ކޮވިޑް-19 އާ ގުޅިގެން ކައިވެނި ފަސް ކުރުން ނޫން ގޮތެއް ނެތް ކަމަށާއި ކައިވެނީގައި އޭނާގެ އާއިލާއާ ގާތް ރަހުމަތްތެރިން ބައިވެރިކުރަން ބޭނުންވާ ކަމަށެވެ.
ފަޒަލް އިތުރަށް ބުނީ އެކަމަކު މިދަނޑިވަޅަކީ ކައިވެނި ފަދަ ބޮޑު ހަފުލާއެއް ބާއްވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.
އޭނާ ބުނި ގޮތުގައި އިންޑިއާ ލޮކްޑައުނެއްގައި އޮތުމުން މިހާރު ލޯބިވެރިޔާއާ ވާހަކަ ދައްކަނީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ.
އުމުރުން 32 އަހަރުގެ ފަޒަލް އާއި 31 އަހަރުގެ ރިޗާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.
ބޮލީވުޑުގެ އަރަމުން އަންނަ ތަރި ފަޒަލް ވަނީ 15 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ "ހެޕީ ބާގު ޖާޔޭގީ" އާއި "3 އިޑިއޮޓްސް" އަދި "ހާމޯޝިޔާން" ގެ އިތުރުން "ބޮބީ ޖާސޫސް" ފަދަ ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ.
ރިޗާއަކީ ވެސް އިންޑިއާގެ ފިލްމީ ތަރިއެ ކެވެ. އެގޮތުން 2008 ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފުވި ރިޗާ ވެސް ވަނީ ގިނަ ފިލްމު ތަކެއްގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި "ފުކްރޭ" އާއި "ރާމްލީލާ" އަދި "ސާބްޖިތު" ގެ އިތުރުން "ލަވް ސޯނިއާ" ހިމެނެ އެވެ.