ads
ބީއެމްއެލްގެ އެހީއާ އެކު ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދިޔަ ހާޓް ހެލުތީ ރާއްޖެ ޕްރޮޖެކްޓުގެ ތެރެއިން.
ބީއެމްއެލް އާއި ޓައިނީ ހާޓްގެ ހާޓް ހެލްތީ ރާއްޖެ ޕްރޮޖެކްޓް ނިންމާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ އެހީތެރިކަމާއެކު، ކަސްރަތާއި ހިތުގެ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމަށްޓަކައި "ޓައިނީ ހާޓްސް އޮފް މޯލްޑިވްސް" އިން ކުރިއަށްގެންދިޔަ "ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
Advertisement

ރާއްޖޭގެ "ފިޒިކަލް އެކްޓިވިޓީ ގައިޑްލައިން (2022)'ގެ މައްޗަށް ބިނާކޮށް، މި ޕްރޮޖެކްޓްގެ ދަށުން ތަފާތު އުމުރުފުރާތަކަށާއި ޖިސްމާނީ ގާބިލިއްޔަތު ހުރި މިންވަރަށް ރިއާޔަތްކޮށް ކަސްރަތު ކުރާނެ ގޮތުގެ 10 ވީޑިއޯއެއް ވަނީ ތައްޔާރުކޮށްފަ އެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި ތުއްތު ކުދިންނާއި މާބަނޑު މީހުންނާއި ބޮޑެތި މީހުންގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ވީޑިއޯތައް ހިމެނެ އެވެ.

މި ވީޑިއޯތައް މިހާރު ޓައިނީ ހާޓްސްގެ ވެބްސައިޓުންނާއި އެކަމަށް ހާއްސަކޮށްފައިވާ އިންސްޓަގްރާމް ޕޭޖުން ބަލާލެވޭނެ އެވެ. އަދި ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ މަގު ފަހިކުރުމަށްޓަކައި މި ވީޑިއޯތައް ޑައުންލޯޑް ކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ޕްރޮޖެކްޓްގެ މައިގަނޑު މަގްސަދަކީ ކަސްރަތު ކުރުމުގެ ފުރުސަތު އެންމެންނަށް ފަހިކޮށްދީ، ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ ގައުމީ މަސައްކަތުގައި ބައިވެރިވުމެވެ.

"ހާޓް ހެލްތީ ރާއްޖެ މަޝްރޫއުގެ އަމާޒަކީ ކޮންމެ އުމުރެއްގެ، ކޮންމެ ހާލަތެއްގައި ހުރި މީހަކަށް ވެސް ކަސްރަތު ކުރުމުގެ މަގު ފަހިކޮށްދިނުން. ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީއާއެކު މި ވަސީލަތްތައް މުޅި ރާއްޖޭގެ އާއިލާތަކަށާއި ރަށްރަށަށް ހިލޭ ފޯރުކޮށްދިނުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިގެން ހިނގައްޖެ،" ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ ޗެއާޕާސަން ޖީހާން މަހްމޫދު ވިދާޅުވި އެވެ.

ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ހުޅުވާލައިގެން ބީއެމްއެލްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ހިލޭ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރަކު ވެސް ފަސް މަޝްރޫއެއް ހޮވައި، މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމަށް އެއިން ކޮންމެ މަޝްރޫއަކަށް 200,000 ރުފިޔާގެ އެހީ ފޯރުކޮށްދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް