ads
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ)
ރަންވޭއާ ހުޅުލޭގެ ބިންތައް ރަހުނުކޮށް އެމްސީއެލުން 56 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި
ރަންވޭއާ ހުޅުލޭގެ ބިންތައް ރަހުނުކޮށް އެމްސީއެލުން 56 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި އެވެ.
Advertisement

އެ ކުންފުނީގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ސަރުކާރުން ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގުމަށް އުފެއްދި ސަބްސިޑިއަރީ ކުންފުނި މެރިން އެންޑް އިންޓަގްރޭޓެޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް (އެމްއައިއައިޑީ) އިން ކުރު މުއްދަތެއްގެ ތެރޭގައި އެތައް ބިލިއަން ރުފިޔާއެއްގެ ދަރަނި ވަނީ ނަގާފަ އެވެ.

އެގޮތުން އެމްއޭސީއެލްގެ މާލީ ހާލަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވަނީ އެއާޕޯޓުގެ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ނަގާފައިވާ ބޮޑެތި ލޯނުތަކާއި ގައުމީ ފެންވަރުގެ ބިން ހިއްކުމުގެ އެއްބަސްވުންތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމާ ގުޅިގެންކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.

އެމްއޭސީއެލްގެ 2025 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުނިން ވަނީ ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަތަރު ލޯނެއް ނަގާފަ އެވެ. އެއީ މެއި މަހު ނެގި 30 މިލިއަން ޑޮލަރާއި، އޮގަސްޓު މަހު ނެގި 10 މިލިއަން ޑޮލަރާއި، އޮކްޓޫބަރު މަހު ނެގި 10 މިލިއަން ޑޮލަރުގެ އިތުރުން ނޮވެމްބަރު މަހު ނެގި ހަ މިލިއަން ޑޮލަރެވެ.

މި ލޯނުތަކާއި އެކު އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަން ޖެހޭ ޑޮލަރު ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ އެވެ. މީގެ ތެރެއިން 104 މިލިއަން ޑޮލަރަކީ މި ސަރުކާރުގެ ދައުރު ފެށުނު ފަހުން ނަގާފައި ހުރި ލޯނުތައްކަން އޮޑިޓް ރިޕޯޓުން އެނގެއެވެ. 

މީގެއިތުރުން އެމްއޭސީއެލްއިން ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވެސް 15 މިލިއަން ޑޮލަރުގެ ލޯނު ނަގާފަ އެވެ. މި ލޯނު ނަގައިފައިވަނީ އެ ކުންފުނިން ގަނެފައި ހުރި ސަރުކާރުގެ ބޮންޑުތަކެއް ރަހުނުކުރުމަށް ފަހު އެވެ.  

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކުންފުނީގެ ޖުމްލަ ދަރަނި ވަނީ 16.64 ބިލިއަން ރުފިޔާ (1.08 ބިލިއަން ޑޮލަރު) އަށް އަރައިފަ އެވެ. އޭގެ 97 ޕަސެންޓަކީ ޑޮލަރުން ދައްކަން ޖެހޭ ދަރަންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް