ads
އީވީޓޯލް "މޭނެޑް ޑްރޯން" އުދައްސުމުގެ ހަރަކާތްގެ ތެރެއިން
ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭން "އީވީޓޯލް" ކަހަލަ އުޅަނދުތައް ރާއްޖޭގައި ބޭނުންކުރެވިދާނެ
ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޫލްފްލައި އިން ހުޅުމާލޭގައި އުދުއްސަން ފެށި "އީވީޓޯލް" އުޅަނދަކީ ރާއްޖޭގެ އެކި ރަށްރަށުގައި މުުހިއްމު ބޭނުންތަކެއް ހިފިދާނެ އުޅަނދެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
Advertisement

އެ މިނިސްޓްރީން ބުނީ އެފަދަ އިލެކްޓްރިކް ޑްރޯންތަކަކީ ރަށްތަކަށް އަސާސީ  ހިދުމަތްތައް ފޯރުކޮށްދޭން ބޭނުންކުރެވިދާނެ އުޅަނދުތަކެއް ކަމަށެވެ. އެފަދަ އުޅަނދު ބޭނުންކޮށްގެން ދެވިދާނެ ފަސް ހިދުމަތެއް އެ މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

އެ ގޮތުން މެޑިކަލް ސާމްޕަލް އެއް ރަށުން ރަށްރަށުގެ ހެލްތު ފެސިލިޓީތަކުން އެހެން ރަށްރަށުގައި ހުންނަ ލެބޯޓްރީތަކަށް ގެންދިއުންމާއި، އަވަހަށް ގެންދަން ޖެހޭ ބޭހާއި ވެކްސިނާއި ބޭސްފަރުވާއަށް ބޭނުންވާ މުހިއްމު އެހެން ތަކެތި އުފުލުމާއި، ކުއްލި ހާލަތްތަކާއި ކާރިސާތަކުގެ ވަގުތުގައި ފަސްޓް އެއިޑް ކިޓްތަކާއި އެ ނޫން ވެސް ސާމާނު އުފުލުމާއި، އެއާކްރާފްޓްގެ ޑިޒައިނަަށް އެކަށީގެންވާ ބަދަލުތައް ގެނެސް، ސިއްހީ ކަންކަމުގައި މީހުން އުފުލުމުގެ އިތުރުން ތިމާވެށްޓާއި އިންފްރާސްޓްރަކްޗާ މޮނިޓާކުރުން ހިމެނެ އެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި އެ ޓެކްނޮލޮޖީއަކީ ދަތުރުފަތުރުގައި މިހާރު ބޭނުންކުރާ ފެރީތަކާއި ޑޮމެސްޓިކް ފްލައިޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗަކަށް ނުވިޔަސް އެއީ އެ ހިދުމަތްތަކަށް ފަސޭހަކޮށްދޭނެ އެއްޗެއް ކަމަށެވެ.

your imageއީވީޓޯލް "މޭނެޑް ޑްރޯން" އުދައްސުމުގެ ހަރަކާތްގެ ތެރެއިން


އެ ބާވަތުގެ އުޅަނދުތައް ރާއްޖެއަށް ތައާރަފްކޮށް، ތަކެތި އުފުލުމުގައި ބޭނުންކުރުމަކީ އިގުތިސާދީގޮތުން ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެއީ އާ ސިނާއަތްތައް ދިރި، ހުނަރު ހުރި މީހުންނަށް ވަޒީފާގެ ފުރުސަތުތައް އުފެދޭނެ ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައި އެވެ. 

އެ އުޅަނދުތަކަށް ބޭނުންވާ ބެޓެރީ ވިއްކުމާއި ޗާޖްކުރުމުގެ ހިދުމަތަކީ ވެސް އުފެދޭނެ ފުރުސަތެކެވެ. 

މެޑިކަލް އިމަޖެންސީތަކަށް ބޭނުންވާ ސާމާނު  ސަޕްލައި ކުރުމާއި އެއާ ސްޕޭސް މެނޭޖްމަންޓް އަދި އޭވިއޭޝަނަށް ބޭނުންވާ ސޮފްޓްވެއާ އުފެއްދުމަކީ ވެސް އޮންނާނެ ފުރުސަތެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް