މެޓް އޮފީހުން އެލާޓް ނެރެފައިވަނީ މާލެ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށެވެ. މެޓް އޮފީހުން ބުނީ އެލާތް ނެރެފައިވާ ސަރަހައްދުގެ ރަށްތަކަށް މެންދުރި 13:20 އިން ފެށިގެން ހަވީރު 16:00 ޖެހުމާއި ދޭތެރޭ ގުގުރުމާއި އެކު ބޯކޮށް ވރޭ ވެހޭނެކަމަށް ލަފާ ކުރެވޭކަމަށެވެ.
މި ހަތަރު ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ފުރުސަތު އޮތުމުން އެކަމާއި ދުރާލާ ސަމާލުވާން ގައުމީ މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ އިދާރާއިން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާލުރެވޭކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވުމަކީވެސް އެކަށީގެންވާކަމެއްކަމަށް މެޓް އޮފީހުން ބުނެ އެވެ.
އެހެންކަމުންް އެންމަ ފަހުގެ މޫސުމީ މައުލޫމާތުތަކަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގައުމީ މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ށ. ޅައިމަގަށް ނަގޫ ރޯޅިއެއް އަރައި އެރަށުގެ ބައެއް ގެތަކަށާއި ގުދަންތަކަށް ގެއްލުންވެފައިވާއިރު ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ދިޔަ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރެޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފަ އެވެ.