ads
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އީރާނުގެ ނިއުކްލިއާ އޯގަނައިޒޭޝަނަށް ޒިޔާރަތްކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ މައުލޫމާތު ދޭ ފަރާތަކަށް 20 މިލިއަން ޑޮލަރު ހުށަހަޅައިފި
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 20 މިލިއަން އެމެރިކާ ޑޮލަރުގެ އިނާމަކާއި، އެހެން ގައުމަކަށް ދިރިއުޅުން ބަދަލުކުރުމުގެ ފުރުސަތު ދިނުމަށް ވޮޝިންޓަނުން ނިންމައިފި އެވެ.
Advertisement

އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކާއި އިކްއިޕްމެންޓް އަދި ސައިންސްވެރިން ހިމެނޭ ގޮތުން ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މީހުންންނާ ބެހޭ މައުލޫމާތު ދޭ މީހަކަށް "ރިވާޑް ފޯ ޖަސްޓިސް" އިން 20 މިލިއަން ޑޮލަރު ދޭނެ ކަމަށެވެ. 

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މައުލޫމާތު ހޯދަން އެމެރިކާއިން މިހާ ބޮޑު އިނާމެއް ހުށަަހަޅާފައި ވާއިރު އެގައުމުން މިހާރު ވެސް ގެންދަނީ އީރާނާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ.  

އަދި އެމެރިކާއިން ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އީރާނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި އަސްކަރީ އޮޕަރޭޝަންތައް ފެށުމަށް އެމެރިކާގެ ސިފައިން ތިބީ ތައްޔާރީ ހާލަތެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހަފުތާގެ ކުރީކޮޅު ޓްރަމްޕް ވިދާޅުވެފައިވަނީ، އީރާނުގެ މެދުތެރޭގައި ހުންނަ، ނިއުކްލިއާ މަރުކަޒެއް ކަމަށް ޝައްކުކުރެވޭ "ޕިކްއެކްސް މައުންޓަން" ހިމެނޭހެން ބައެއް ތަންތަނާ މެދު އަދިވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. ނަމަވެސް އެއީ ނިއުކްލިއާ މަރުކަޒެއް ކަމަށް ބުނާ ވާހަކަ އީރާނުން ދޮގުކުރެ އެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ އެ ގައުމާއި ހުޅަނގުގެ ގައުމުތަކުގެ މެދުގައި ބޮޑު ހިޔާލުތަފާތުވުމެއް އުފެދިފައިވާ ކަމެކެވެ. އީރާނުން އަބަދުވެސް އަންނަނީ ނިއުކްލިއާ ބޮމެއް އުފެއްދުމަށް މަސައްކަތްކުރާ ކަމަށް އުފައްދާ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް