މައުލޫމާތު ލިބިފައިވާ ގޮތުގައި، ލަކްނައުއަށް މިސްރާބު ޖަހާފައިވާ އިންޑިގޯގެ ފްލައިޓް 6އީ-451 ގައި ފުލް އެމަޖެންސީ ނުވަތަ ކުއްލި ހާލަތު އިއުލާންކުރީ، ދަތުރުމަތީގައި ބޯޓުގެ ފާހާނާ ތެރެއިން އަތުން ލިޔެފައިވާ ހިޖެކް އިންޒާރުގެ ނޯޓެއް ކެބިން ކްރޫއިންނަށް ފެނުމާ ގުޅިގެންނެވެ. މި ނޯޓު ފެނުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ފްލައިޓް ވަނީ ވަގުތުން އަނބުރާ ބެންގަލޫރު އެއާޕޯޓަށް މިސްރާބު ބަދަލުކޮށްފަ އެވެ.
ބޯޓު އަނބުރާ ގޮސް ބެންގަލޫރު އެއާޕޯޓުގައި ޖެއްސުމާއެކު، ސެކިއުރިޓީ ޓީމުތަކުން ވަނީ އެ ބޯޓު އެކަހެރި ސަރަހައްދަކަށް ގެންގޮސްފައެވެ. އަދި ބޯޓުގެ ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި، ސެކިއުރިޓީ ޓީމުތަކުން ވަނީ އެންޓި-ސަބޮޓޭޖް ޗެކްތައް ކުރިއަށް ގެންގޮސް ބޯޓު ފުރިހަމައަށް ބަލައިފާސްކުރުމުގެ މަސައްކަތް ކޮށްފަ އެވެ.