މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިއަދު ހަވީރު ވެހުނު ވާރޭގައި ކ.ގުރައިދޫ ފެންބޮޑުވެއްޖެއެވެ.

Advertisement
ނޭޝަނަލް ޑިޒާސްޓަތ މޭނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ކ.ގުރައިދޫއަށް މިއަދު ހަވީރުން ފެށިގެން ބޯކޮށް ވާރޭވެހި ރަށުތެރޭގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާކަމަށެވެ. އަދި ރަށުގެ ބައެއް ފިހާރަތަކަށް ފެންވަދެފައިވާކަމަށްވެސް އެންޑީއެމްއޭއިން ބުނެ އެވެ.
އެއްވެސް ގެއަކަށް ފެންވަދެގެން ރިޕޯޓްކޮށްފައި ނުވި ނަމަވެސް، ގެތަކަށް ފެންވަންނަ ހިސާބަށް ވަނީ ފެންގަނޑު އުފުލިފައިކަމަށް އެންޑީއެމްއޭއިން ބުނެއެވެ. ކާނުތައް ސާފުކޮށް ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ.