މި މައްސަލަ ފެނިފައިވަނީ މަޝްހޫރު އޭއައި ކުންފުނި އެންތުރޯޕިކްގެ "ކްލޯޑް ކޯޑް" އެޖެންޓުންނެވެ.
ސައިބަރ ސެކިއުރިޓީ ރިސާޗަރުން ހާމަކޮށްފައިވާ ގޮތުގައި، މި ބަގުގެ ސަބަބުން ކްލޯޑް ކޯޑް ބޭނުންކުރާ ފަރާތްތަކުން ސައިން-އިން ވެފައިވާ އީމެއިލް އެޑްރެސްތައް، އެޗްޓީޓީޕީ ޔޫޒަރ-އޭޖެންޓް ހެޑަރސްގެ ތެރެއިން އޮޓޮމެޓިކުން ތާޑް-ޕާޓީ ވެބް ސަރވަރުތަކަށް ވަނީ ފޮނުވިފަ އެވެ. މިއީ ބޭނުންކުރާ މީހާއަށް ނޭނގި އީމެއިލް އެޑްރެސް ސިއްރުން ލީކުވާ ގޮތަށް ދިމާވި މައްސަލައެކެވެ.
މި ސެކިއުރިޓީ މައްސަލައިގެ ސަބަބުން، ކްލޯޑް ކޯޑް ބޭނުންކުރާ ޑިވެލޮޕަރުންނަށް އަމާޒުކޮށްގެން ފޮނުވާ ސްޕޭމް މެއިލްތަކާއި ޕިޝިން ކެމްޕޭންތަކުގެ ނުރައްކަލަށް އެފަރާތްތައް ވަނީ ހާމަވެފަ އެވެ.
ސައިބާ ސެކިއުރިޓީ ރިސާޗަރުންގެ މި ހޯދުމާއެކު، އޭއައި ވަސީލަތްތައް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތާއި ސިއްރުތައް ރައްކާތެރިކުރުމުގެ މުހިންމުކަން ވަނީ އިތުރަށް ހާމަވެގެން ގޮސްފަ އެވެ.