ads
ވީއައިއޭގައި ދިޔަވެ އަޑިއަށް ދިޔަ ސީޕްލޭން
ސީޕްލޭން އެކްސިޑެންޓުގައި އަނިޔާވި ކްރޫއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއްގެ ކަނދެއް ބިނދި މިއަދު މެންދުރުފަހު ހިނގި އެކްސިޑެންޓުގައި ޒަހަމްވި ކްރޫއަށް ޓްރީ ޓޮޕް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް އޭނާއާ ގުޅުން ހުރި ފަރާތްތަކުން ބުނެފި އެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސީޕްލޭން ޓާމިނަލްގެ ޕްލެޓްފޯމަށް މިއަދު މެންދުރު 2:25 ހާއިރު ބޯޓު ކައިރި ކުރަނިކޮށެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަނިޔާވީ އެ ވަގުތު ކަނދުމަތީގައި ހަރަކާތްތެރިވި ކްރޫއަކަށެވެ.

މިހާދިސާ އާއި ގުޅިގެން ޓީއެމްއޭއިން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ހާދިސާ ހިނގި ވަގުތު ސީޕްލޭންގައި ތިބި ފަސިންޖަރުންނާއި ކްރޫން ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގި ގޮތް ތަހުގީގުކޮށް، ތަފުސީލު ފަހުން އާންމު ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް ޓީއެމްއޭއިން މީޑިއާއާ ހިއްސާކުރި މައުލޫމާތުގައި ހާމަކޮށްފައެއް ނުވެ އެވެ.

އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ، ހާދިސާ ހިނގުމާއެކު އެއާޕޯޓް އިމަޖެންސީ ސާވިސަސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހައި ފިޔަވަޅުތައް ވެސް ވަގުތުން އަޅާފައިވާ ކަމަށް އެމްއޭސީއެލްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން ސީޕްލޭނެއް އަރިއަޅާލި ނަމަވެސް، ވޯޓާ އެއިރޯޑްރޯމުން ދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި އާންމު އުސޫލުން ކުރިއަށްދާ ކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިޔާމް ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށާއި، ކަން ހިނގައިދިޔަ ގޮތް ބަލަމުން އަންނަ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ޓީއެމްއޭގެ ސީޕްލޭންގެ ކަނދެއް ބިންދައިގެން ގޮސް އަރިއަޅައިލުމުގެ ސަބަބުން ބޯޓުގެ އެތެރެއަށް ވަނީ ކޮންމެވެސް ވަރަކަށް ލޮނު ވަދެފަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް