ads
ފުލުހުން މަގުމަތި ބަލަހައްޓަނީ
އޮޅުވާލައިގެން މީހަކު ގެއަކަށް ވައްދާ އަނިޔާކޮށް ފޭރުނު ބަޔަކު ހައްޔަރުކޮށްފި
އޮޅުވާލައިގެން މީހަކު ގެއަކަށް ވައްދާ ރަހީނުކޮށް، އަނިޔާކޮށް ފޭރުނު ބަޔަކު ހައްޔަރުކޮށްފި އެވެ.
Advertisement

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ: 

  • އަތަމާގެ ށ. ޅައިމަގު / ފާރިޝް އަލީ ޝަރީފް(35އ)
  • ގަނޑުވަރު ސ، ހިތަދޫ / އައުސް އަލީ ހިލްމީ (30އ) 
  • މއ. އިރާކުމާގެ / މުހައްމަދު ނިޝާން ޖަލީލް (33އ) 

މި މީހުންގެ ބަންދު އަމުރުގައިވާ ގޮތުން މި ތިން މީހުން ވަނީ މީހަކަށް އޮޅުވާލައިގެން ގެއަކަށް ގެންގޮސް އޭނާގެ އަތުން ބައެއް ސާމާނާއި ފައިސާ އަތުލައި އަނިޔާކޮށް ބިރު ދައްކާފައިވާކަމަށެވެ. އަދި މި މީހުން ހައްޔަރުކުރި ކޮޓަރިން އަނިޔާ ލިބުނު މީހާގެ ފޯނާއި ގަޑި ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މި ތިން މީހުންގެ ތެރެއިން ފާރިޝް އަލީ ޝަރީފް ކޯޓުގައި ބުނީ އެކަމަކީ އޭނާއަށް އެނގިގެން ހިގައިފައިވާކަމެއް ނޫންކަމަށެވެ. އަދި އައުސް އަލީ ހިލްމީ ކޯޓުގައި ބުނީ ގަދަކަމުން މީހަކު ނުގެންދާކަމަށާއ،ި އަނިޔާ ލިބުނުކަމަށް ބުނާ މީހާ ގޮވައިގެން ދިޔައީ އޭނާގެ ރުހުމުގައި ކަމަށާއ،ި އަދި ކޮޓަރިން ފެނުނު އެ ގަޑިއަކީ މީނާއަށް ހަދިޔާއަކަށް ދިން ގަޑިއެއްކަމަށެވެ. 

މައްސަލާގައި ދެން ހިމެނޭ މުހައްމަދު ނިޝާން ޖަލީލް ކޯޓުގައި ބުނީ އޭނާ އެކަމުގައި ބައިވެރި ނުވާކަމަށާއ،ި އެމީހުން މި ކޮޓަރިއަށް އައިއިރު އޭނާ އޮތީ ނިދާފައިކަމަށާއި މީނާއަކަށް މިތަނުގައި ހިނގާދިޔަކަމެއް ނޭގނޭކަމަށެވެ. އަދި އެކަމެއް ކުރީ އޭނާގެ ރައްޓެހި އެހެން ބައެއްކަމަށްވެސް މުހައްމަދު ނިޝާން ޖަލީލް ކޯޓުގައި ވަނީ ބުނެފަ އެވެ.

މި މައްސަލާގައި މި ތިން މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް