މިދިޔަ އޮކްޓޫބަރުމަގުގެ 15 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެ މައްސަލާގައި ހައްޔަރުކުރީ ހ. ކަރޯގޭ، މުހައްމަދު ރަޝްވާން އައްބާސް އެވެ. މީ މީނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރި ތިންވަނަ ފަހަރެވެ.
މީނާގެ ބަންދު އަމުރުގައިވާ ގޮތުން މީނާގެ މައްޗަށް ފުލުހުން ކުރަނީ އިންތިޒާމްވެގެން ބިދޭސީން ނިވާފަތްގަނޑަކަށް ލައިގެން ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކުމުގައި އިސްކޮށް އުޅޭކަމުގެ ތުހުމަތެވެ.
ބަންދުގެ މަޖިލީހިގައި ވާހަކަ ދައްކަވަމުން ރަޝްވާން ގެ ވަކީލު ބުނީ މި މައްސަލައަކީ ޖިނާއީ ކުޑަ މައްސަލައެއްކަމަށާއި އެކަށީގެންވާ މުއްދަތަކަށް މިހާރުވެސް ބަންދުގައި ހުރެފައިވާކަމަށެވެ. އެހެންކަމުން އޭނާ ދޫކޮށްލުމަށް ކޯޓުގައި ދިފާއީ ވަކީލު ވަނީ އެދިފަ އެވެ.
ފުލުހުން ހިންގި އޮޕަރޭޝަންގައި ހ. މާދޫގެއިން 824 ފުޅި ރާ ވަނީ ފެނިފައިވެއެވެ. އެގޮތުން އެގޭ ފުރަތަމަ ފަންގިފިލާއިން 320 ފުޅީ ބަނގުރާވަނީ ފެނިފަ އެވެ. އަދި އެގޭ 5 ވަނަ ފަނގިފިލާއިން 504 ފުޅި ބަނގުރާ ވަނީ ފެނިފައިވާކަމަށް ކޯޓު އަމުރުގައި އެވެ.
މި މައްސަލާގައި ބަންގްލަދޭޝް ދެ މީހުންވެސް ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ ޖަހާފަ އެވެ.