ads
ލަންކާ ސިފައިން އަތުލައިގަތް މަސްބޯޓު. ފޮޓޯ: ސްރީލަންކާ ނޭވީ
ރާއްޖޭގެ އިރުއުތުރުން 101 ކިލޯގެ މަސްތުވާތަކެއްޗާ އެކު ބޯޓެއް އަތުލައިގެންފި
ރާއްޖޭގެ އިރުއުތުރުން، ސްރީ ލަންކާގެ ދެކުނު މާކަނޑުން 101 ކިލޯގެ މަސްތުވާތަކެތި ބަރުކޮށްގެން ދަތުރުކުރި މަސްބޯޓެއް ފަސް މީހުންނާ އެކު ލަންކާގެ ކަނޑުގެ ސިފައިން އަތުލައިގެންފިއެވެ.
Advertisement

ސްރީ ލަންކާގެ ކަނޑުގެ ސިފައިންގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި، ހަ ބަސްތާއެއްގައި ބަންދުކޮށްފައި ހުރި އެ ތަކެތީގައި ފުރަތަމަ ހުރި ކަމަށް ބެލެވުނީ 101 ކިލޯގެ ހެރޮއިން އާއި 870 ގްރާމްގެ މެތަމްފެޓަމައިން (އައިސް) އެވެ. ނަމަވެސް ބޯޓު ބަނދަރަށް ގެންގޮސް އިތުރަށް ތަހުލީލުކުރުމުން، އޭގައި ހުރީ 58 ކިލޯގެ ކޮކެއިން އާއި 43 ކިލޯގެ ހެރޮއިން އަދި 134 ގްރާމްގެ މެތަމްފެޓަމައިން ކަން ވަނީ ކަށަވަރުވެފައެވެ.

ކަނޑުގެ ސިފައިން ލަފާކުރާ ގޮތުގައި މި އުޅަނދުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ލަންކާ ފައިސާއިން 1.5 ބިލިއަން ރުޕީސްއަށް އަރައެވެ. މި ބޯޓާއި އޭގައި ތިބި ފަސް މީހުން މިހާރު ވަނީ އިތުރު ތަހުގީގަށް ލަންކާ ފުލުހުންގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) އާ ހަވާލުކޮށްފައެވެ.

މަސްވެރިކަމުގައި އުޅެނިކޮށް ބެހިގެން ކަމަށް ބުނެ ރާއްޖޭގެ ސަރަހައްދަށް ވެސް އާންމުކޮށް ވަންނަ ޒާތުގެ މި ބޯޓު ބަލައި ފާސްކޮށްފައިވަނީ ލަންކާ ސަރުކާރުގެ އިސް ވެރިންގެ ހާޒިރުގައެވެ. އޭގެ ތެރޭގައި އެ ގައުމުގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) އަރޫނާ ޖަޔަސޭކަރަ، ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވައިސް އެޑްމިރަލް ޑަމިއަން ފެނާންޑޯ، ސަދަން ނޭވަލް އޭރިއާގެ ކޮމާންޑަރު ރިއާ އެޑްމިރަލް އެޗްއެންއެސް ޕެރޭރާ އަދި ޑިރެކްޓަ ޖެނެރަލް އޮޕަރޭޝަންސް ޗަމިންދަ ކަރުނަސޭނާ ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ސިފައިންނާއި ފުލުހުންގެ އިސް އޮފިސަރުންތަކެއް ވެސް މި އޮޕަރޭޝަންގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި އުޅަނދު އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމަށް ލަންކާގެ ގާނޫނު ތަންފީޒުކުރާ ހުރިހާ އިދާރާތަކެއް ގުޅިގެން "އަ ނޭޝަން ޔުނައިޓެޑް" ގެ ނަމުގައި ކުރިއަށްގެންދާ ހާއްސަ ގައުމީ ކެމްޕޭނުގެ ދަށުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް